ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 09:42
ބޮލްސާނަރޯއަށް ސާވޭގައި ބައިވެރިވި މީހުންގެ 26 އިންސައްތަ ތާއީދުކުރޭ
ބޮލްސާނަރޯއަށް ސާވޭގައި ބައިވެރިވި މީހުންގެ 26 އިންސައްތަ ތާއީދުކުރޭ
ގެޓީ އިމޭޖަސް
ބްރެޒިލްގެ ރިޔާސީ އިންތިޚާބު
ބްރެޒިލްގެ ރިޔާސީ އިންތިޚާބު: ޚިޔާލު ހޯދުމުުގެ ވޯޓުތަކުގައި ވަޅީގެ ހަމަލާ އަމާޒުވި ކެނޑިޑޭޓު ކުރީގައި
 
ވޯކަރސް ޕާޓީގެ ކެނޑިޑޭޓްގެ ތާއީދުވެސް އަންނަނީ އިތުރުވަމުން
 
މިދިޔަ ހަފްތާއަށްވުރެ މި ހަފްތާގައި ބޮލްސާނަރޯގެ ތާއީދުވަނީ އިތުުރުވެފައި

 

ވަޅީގެ ހަމަލާއެއްގައި ޒަޚަމްވެ ވަޑައިގެން އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ބްރެޒިލްގެ ކަނާތުފިޔައިގެ ރިޔާސީ ކެނޑިޑޭޓް ޖެއަރ ބޮލްސާނަރޯ ޚިޔާލު ހޯދުމުގެ ވޯޓްތަކުގައި ކުރި ހޯއްދަވައިފިއެވެ.

ބްރެޒިލްގެ އެންމެ ބޮޑު މީޑިއާ ގްރޫޕްގެ ސަބްސިޑިއަރީ ކުންްފުންޏެއްކަމަށްވާ ޑޭޓާފޯލާ އިން ހުކުރު ދުވަހު އާއްމު ކުރި ސާވޭގެ ނަަތީޖާ އިން ދައްކާގޮތުގައި އުމުރުފުޅުން 63 އަހަރުފުޅުގެ ބޮލްސާނަރޯ އަށް ސާވޭގައި ބައިވެރިވި މީހުންގެ 26 އިންސައްތަ ތާއީދުކުރެއެވެ.

މިއީ މިދިޔަ ހަފްތާގައި އެ ތަނުން ހިންގި ސާވޭގައި އޭނާއަށް ލިބިވަޑައިގެންނެވި އަދަދަށްވުރެ ދެ ޕަސެންޓް އިތުރު އަދަދެކެވެ.


ބޮލްސާނަރޯގެ ދަށްބަނޑުފުޅަށް ވަޅީގެ ހަމަލާ އެއް ދީފައި ވަނީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބްރެޒިލްގެ ދެކުނުގެ ސިޓީއެއް ކަމުގައިވާ ޖުުއިޒް ޑަ ފޯރާގައި ކެމްޕެއިން ރެލީއެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށެވެ.

ހަމަލާއަށް ފަހު އޭނާ މިހާރު އޮންނެވީ ސައޮޕޯލޯގެ އަލްބެރީ އައިންސްޓެއިން ހޮސްޕިޓަލުގައެވެ. އޮކްޓޯބަރު މަހުގެ 7 ވަަނަ ދުވަހު ބާއްވާ އިންތިޚާބުގެ ފުރަތަމަ ބުރުގެ ތެރޭގައި ބޮލްސާނަރޯ ކެމްޕެއިނަށް ނުކުމެ ވަޑައިގެންނެވުމަކީ ނާދިރު ކަމެއް ކަމަށް އޭނާގެ ފިރިހެން ދަރިކަލުން ފެލްވިއޯ ބޮލްސާނަރޯ ވިދާޅުވެއެވެ.

ސިއްހީ ދާއިރާގެ ޚަބަރުތަކެއްގައި ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި އިތުރު ތަދެއް ނެތި އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އަދި އިންފެކްޝަނެއްގެ އަސަރެއް ނެތްއިރު އަވަސް ގޮތެއްގައި ފިޒިއޮތެރަޕީ ހަދަން ފެށޭނެ ކަމަށް ބެލެވެއެވެ.

މިއީ ބްރެޒިލްގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވުމުން އިންތިޚާބުގައި ވާދަކުރެއްވުން ބްރެޒިލްގެ އިލެކްޓޯރަލް ކޯޓުން މަނާ ކުރެއްވުމާއެކު ވޯކަރސް ޕާޓީން އިންތިޚާބަށް ނެރުއްވި ސައުޕޯލޯގެ ކުރީގެ މޭޔަރ ފެރްނާންޑޯ އައްދާދު ރޭހަށް ނުކުންނެވިފަހުން ނެގި ފުރަތަމަ ޕޯލްއެވެ.

ވޯކަރސް ޕާޓީން ގެންދަނީ ލޫލާއަށް އޮތް ތާއީދު އައްދާދަށް ބަދަލުކޮށްލުމަށް މަސައްކަތް ކުރަމުންނެވެ. ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާގޮތުން 13 އިންސައްތަ މީހުން އޭނާއަށް ތާއީދު ކުރާއިރު މިއީ މިދިޔަ ހަފްތާއަށް ބަލާއިރު ހަތަރު އިންސައްތަ އިތުރުވުމެކެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް އަޣުލަބިއްޔަތު ނުހޯއްދެވިއްޖެ ނަމަ ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
0%
ކޮމެންޓް