ކ. މާލެ
|
15 ސެޕްޓެންބަރ 2018 | ހޮނިހިރު 22:03
މެލޭރިއާއަކީ މަދިން ފަތުރާ ބައްޔެއް
މެލޭރިއާއަކީ މަދިން ފަތުރާ ބައްޔެއް
ސީ.އެން.އެން
އިންޑޮނީޝިއާ
އިންޑޮނޭޝިއާގެ ލޮމްބޮކަށް ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
 
ލޮމްބޮކްގައި ދަނީ ީ މަދިރިން ސަލާމަތްކުރުމަށް ނެޓްފަދަތަކެތި ފޯރުކޮށްދިނުމަށް ތައްޔާރުވަމުން
 
އެތައް ހާސްބަޔަކަށް މެލެރިޔާ ޖެހިފައިވާކަމަށް ބެލެވޭކަމަށް ކަމާބެހޭ އިދާރާތަކުން ބުނޭ

އިންޑޮނޭޝިއާގެ ލޮމްބޮކްގައި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ކަމާބެހޭ އިދާރާތަކުން ބުނީ އެތައް ހާސްބަޔަކަށް މެލޭރިއާ ޖެހިފައިވާކަމަށް ބެލެވޭ ކަމަށެވެ. އެ މީހުންނަށް މެލޭރިއާ ޖެހެން ދިމާވި މައިގަނޑު ސަބަބަކީ އަދިވެސް ކޭމްޕްތަކުގައި ތިބުން ކަމަށް އެ އިދާރާތަކުން ބުނެއެވެ. ގިނަ ކޭމްޕްތަކަކީ ހާމަކަން ބޮޑު އެއްވެސް ފަރުދާއެއް އެކުލެވިގެން ނުވާ ތަންތަނެވެ.

ޖުލައި އަދި އޮގަސްޓު މަހު އެ ސަރަހައްދަށް އައި ބިންހެލުންތަކާއެކު އެތައް ބަޔަކު ވަނީ ގެދޮރު ދޫކޮށްލުމަށްފަހު ސަލާމަތުގެ އައްސޭރިފަށުގައި ހަދާފައިވާ ކޭމްޕްތަކަށް ބަދަލުވެފައެވެ. ބިން ހެލުމާއިއެކު ކުރިމަތިވި ގުދުރަތީ ހާދިސާތަކުގައި ގާތްގަޑަކަށް 500 އެއްހާ މީހުން މަރުވެފައިވާއިރު 300 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.

މަދިރީގެ ސަބަބުން ފެތުރޭ މެލޭރިއާ އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް 128 މީހުންގެ ގައިން ފެނިފައިވާކަމަށް ލޮމްބޮކްގެ ހެލްތު އޭޖެންސީގެ އިސްވެރިޔާ ރަހްމާން ސަހްނާން ޕުތްރާ ވިދާޅުވިއެވެ.

މެލޭރިއާ ކޮންޓްރޯލް ކުރުމަށްޓަކާއި ސިއްހީ އިދާރާއިން ބޭސްފަރުވާގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާއިރު އެ ފަރާތްތަކުން ދަނީ މަދިރިން ސަލާމަތްވުމަށް ނެޓް ފަދަ ތަކެތި ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ. އަދި ބަލިޖެހިފައި ތިބި މީހުންގެ ގާތްތިމާގެ މީހުން ޓެސްޓުކޮށް ވީހާ ވެސް އަވަހަކަށް ބަލި ކޮންޓްރޯލް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކުރިޔަށް އޮތް މަހަކީ ވިއްސާރަ މޫސުމަށްވެފައި ރަނގަޅަށް ތައްޔާރު ނުވެވިއްޖެނަމަ މިހާރަށްވުރެ ބޮޑަށް މި ބަލި ފެތުރިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
0%
ކޮމެންޓް