ކ. މާލެ
|
12 ސެޕްޓެންބަރ 2018 | ބުދަ 16:43
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގައި މައްސަލައެއް ކުރިއަށް ދަނީ
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގައި މައްސަލައެއް ކުރިއަށް ދަނީ
ގޫގުލް
އައިސީސީގެ ރައްދު
އެމެރިކާގެ އިންޒާރަށް ބިރެއް ނުގަނޭ: އައިސީސީ
 
ޖެެހިލުމެއް ނެތި ކޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އައިސީސީން ބުނޭ

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށާއި އެ ކޯޓުގެ ފަނޑިޔާރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދިން ނަމަވެސް ޖެހިލުމެއް ނެތި ކޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ބުނެފިއެވެ.

އައިސީސީއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގައުމީ ސަލާމަތާބޭހޭ މުޝީރު ޖޯން ބޯލްޓަން ދެއްވި އިންޒާރަށް ރައްދުދީ އައިސީސީ އިން ބުނީ އެ ކޯޓަކީ މިނިވަން، އިންސާފުވެރި ތަނެއް ކަމަށާއި ފަސް ޖެހުމެއް ނެތި ކޯޓުގެ އިޚްތިސާސްއާ އެއްގޮތަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެމެރިކާ އިން ބަލަން ދެކޮޅުހެދި ކުށްތައް އެ ކޯޓުން ބަލާނެ ކަމަށް ވަނީ ބުނެފައެވެ.

އައިސީސީއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފައި ވަނީ އެމެރިކާއިން އަފްޣާނިސްތާނުގައި ހިންގާފައިވާކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތައް ބަލަން އުޅެން ފެށުމުންނެވެ.

ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި، ނަސްލު ނެތިކޮށްލުމުގެ އަމަލުތައް ބަލައި އަދަބު ކަނޑައެޅޭނެ ދާއިމީ ކޯޓެއްގެ ގޮތުގައި ދުނިޔޭގައި ފުރަތަމަ ގާއިމް ކުރެވިގެން ދިޔައީ އައިސީސީއެވެ. މިކޯޓުގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 120 އަށްވުރެ ގިނަ ގައުމު އެބަތިއްބެވެ. އެމެރިކާ އަކީ 2002 ވަނަ އަހަރު އުފެއްދި މި ކޯޓުގައި ބައިވެރިނުވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
25%
0%
0%
0%
75%
ކޮމެންޓް