ކ. މާލެ
|
11 ސެޕްޓެންބަރ 2018 | އަންގާރަ 08:35
ފިރިހެން މީޙާ ހައްޔަރުކޮށްފައިވަނީ ފޮޓޯއިން ފެންނަ އަންހެން މީހާއާއިއެކު ސައި ބުއިމުން
ފިރިހެން މީޙާ ހައްޔަރުކޮށްފައިވަނީ ފޮޓޯއިން ފެންނަ އަންހެން މީހާއާއިއެކު ސައި ބުއިމުން
ބީބީސީ
ސަޢޫދީ ޢަރަބިއްޔާ
އަންހެނަކާއެކު ސައި ބުއިމުން ކުށްވެރިވެ، މިސްރު ފިރިހެނަކު ހައްޔަރުކޮށްފި
 
ހިލޭ އަންހެނަކާއިއެކު ކާން އިނުމަކީ ސަޢޫދީގައި މަނާ ކަމެއް

ސަޢޫދީ ޢަރަބިއްޔާގައި އެ ޤައުމުގެ އަންހެނަކާއެކު ސައި ބުއި މިސްރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ހިލޭ އެ އަންހެން މީހާއާއެކު ސައިބޯން ހުރެ މިސްރު މީހާ ވަނީ ޓްވިޓަރއަށް ވީޑިއޯއެއް އަޕްލޯޑްކޮށްފައެވެ. އަންހެނުންގެ މިނިވަންކަމާއި ގުޅޭ ގޮތުން ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ޤާނޫނުތަކަށް އަމަލުކުރަމުން އަންނަ ސަޢޫދީ ޢަރަބިއްޔާގައި ހިލޭ ފިރިހެނަކާއިއެކު އާއްމު ތަނެއްގައި އަންހެނުން ކާން ތިބުމަކީ މަނާ ކަމެކެވެ. މެކްޑޮނަލްޑްސް ފަދަ ފާސްޓްފުޑް ރެސްޓޯރަންޓްތަކުގައިވެސް އަންހެނުންނާއި ފިރިހެނުން ވަކިން ތިބެވޭ ގޮތަށް ހުންނަނީ ހަދާފައެވެ.

ސަޢޫދީގެ މިނިސްޓްރީ އޮފް ލޭބަރ އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން އޭނާ ހައްޔަރުކޮށްފައިވަނީ ގިނަ ޤާނޫނުތަކަކާއި ޚިލާފުވިކަމުގެ ތުހުމަތާއި، ސަޢޫދީ މީހުންނަށް ޚާއްސަކޮށްފައިވާ ސަރަޙައްދެއްގައި އިށީންކަމުގެ ކުށުގެ ތުހުމަތުގައެވެ.

30 ސިކުންތުގެ މި ވީޑިއޯގައި އެ ދެމީހުން އެކަނި ތިބެ ކަނީކަމަށް ބުނެ މަޖާކުރެއެވެ. އަދި ވީޑިއޯ ނިމޭ ހިސާބުގައި އަންހެން މީހާ ފިރިހެން މީހާއަށް ކާންދޭ މަންޒަރު ފެނެއެވެ.

އަންހެނުންގެ ހައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރާކަމަށް ސަޢޫދީ ޢަރަބިއްޔާއިން ބުނަމުންދާ މިދަނޑިވަޅުގައި ހިނގި މިޙާދިސާއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެޤައުމަށް އަމާޒު ވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
20%
80%
ކޮމެންޓް