ކ. މާލެ
|
10 ސެޕްޓެންބަރ 2018 | ހޯމަ 12:14
ސްރީލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސަ (ވ)
ސްރީލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސަ (ވ)
ޑެއިލީ މިރޯ
ކޮރަޕްޝަން މައްސަލަ
ސްރީލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސަ އަށް ކަފާލާތުގެ ފުރުސަތުދީފި
 
ކޮންމެ މީހަކު ދޫކޮށްލާފައި ވަނީ ކަފާލާތަށް 100،000 ރުޕީސް ދެއްކުމަށް ފަހު

ސްރީލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސަ އާއި އިތުރު ހަ މީހަކަށް އެ ގައުމުގެ ސްޕެޝަލް ހައި ކޯޓުން ކަފާލާތުގެ ފުރުސަތުދީފިއެވެ.

އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ ވީރަކެޓިޔާގައި އޭ.ޑީ ރާޖަޕަކްސަ މެމޯރިއަލް މިއުސިއަމް ބިނާކުރުމުގައި ފައިސާއަށް އިހުމާލުވެފައިވާ ކަމަށެވެ.

ކުށުގެ ތުހުމަތުގައި ތިބި ކޮންމެ މީހަކު ދޫކޮށްލާފައި ވަނީ ކަފާލާތަށް 100،000 ރުޕީސް ދެއްކުމަށް ފަހު އަދި ކޮންމެ މީހަކު އެއް މިލިއަން ރުޕީސްގެ ދެ ގެރެންޓީއެއް ބަހައްޓަން ޖެހޭ ގޮތަށެވެ.

މައްސަލައިގައި ދައުވާ ލިބޭ މީހުންނަށް ލިޔުންތައް ހަވާލުކުރުމަށް ފަހު މައްސަލަވަނީ އޮކްޓޯބަރު މަހުގެ 9 އަށް ފަސްކޮށްފައެވެ.

ތުހުމަތުގައި ދައުވާ އުފުލުނު ޕަބްލިކް ޕްރޮޕަރޓީ އެކްޓާއި ގާނޫނުލް އުގޫބާތުގެ ދަށުން ރައްޔިތުންގެ ހަރުމުދާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް