ކ. މާލެ
|
28 އޯގަސްޓް 2018 | އަންގާރަ 14:38
1999 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ބޫތެފްލިކާ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް އަރިސް ބޭފުޅުން ބާރުއަޅުއްވާ
1999 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ބޫތެފްލިކާ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް އަރިސް ބޭފުޅުން ބާރުއަޅުއްވާ
އަލްއަރަބިއްޔާ
ބޫތެފްލިކާ
އަލްޖީރިއާގެ ރައީސް ބޫތެފްލިކާ ސިއްހީ ފަރުވާއަށް ޖެނީވާގައި
 
81 އަހަަރުފުޅުގެ ބޫތެފްލިކާ އުޅުއްވަނީ ފުރޮޅުލީ ގޮނޑީގައި
 
2013 ވަނަ އަހަރު އެ މަނިކުފާނަށް ސްޓްރޯކެއް ޖެހިވަޑައިގެންނެވި

އަލްޖީރިއާގެ ރައީސް އަބްދުލްއަޒީޒު ބޫތެފްލިކާ އުޅުއްވަނީ އާއްމު މެޑިކަލް ޗެކަޕްއަކަށް ޖެނީވާގައި އަލްޖީރިޔާގެ ރިޔާސީ ގަނޑުވަރުން ބުނެފިއެވެ.

އުމުރުފުޅުން 81 އަހަރުގައި މިހާރު ފުރޮޅުލީ ގޮނޑީގައި އިންނަވަން ޖެހިވަޑައިގެންފައިވާ ބޫތެފްލިކާއަށް 2013 ސްޓްރޯކެއް ޖެހިވަޑައިގެންނެވި ފަހުން އާއްމުންގެ ތެރެއަށް ނުކުމެވަޑައިގަތުން ވަނީ މަދުކުރައްވާފައެވެ.

އަލްޖީރިއާގެ ޕްރެސް ސަރވިސް އިން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ސްވިޒަލޭންޑަށް ވަޑައިގެންފައި ވަނީ އާއްމުކޮށް ހައްދަވާ މެޑިކަލް ޗެކަޕް ހެއްދެވުމަށް އޯގަސްޓް 27 ވީ ހޯމަ ދުވަހު ކަމަށެވެ.

ރައީސް ކަމުގެ މަގާމަށް 1999 ވަނަ އަހަރު އިންތިޚާބުވެ ވަޑައިގެންފައިވާ ބޫތެފްލިކާއަށް ތާއީދުކުރާ ފަރާތްތަކާއި އެ މަނިކުފާނުގެ ލިބަރޭޝަން ފްރޮންޓް ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ 2019 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި އަދިވެސް އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ގޮވާލައްވަމުންނެވެ.

ވާދަކުރައްވާނެކަން ނުވަތަ ނޫންކަން އެމަނިކުފާނު އަދި އިއުލާންކުރައްވާފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް