ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 19:41
ތިން އޮފިޝަލުން މަގާމުގައި ދެމި ތިއްބެވުމަށް ރައީސް އަޝްރަފް ޣަނީވަނީ އެދިވަޑައިގެންފައި
ތިން އޮފިޝަލުން މަގާމުގައި ދެމި ތިއްބެވުމަށް ރައީސް އަޝްރަފް ޣަނީވަނީ އެދިވަޑައިގެންފައި
އަނަދޮލޫ
ތާލިބާނުންގެ ހަމަލާތައް
އަފްޣާނިސްތާނުގެ ވަޒީރުންތަކެއްގެ އިސްތިއުފާ ރައީސް ހުއްޓުވައިފި
 
އިސްތިއުފާ ހުށަހެޅުއްވީ ގައުމުގެ ސަލާމަތީކަންކަން ގޯހުން ގޯހަށްދާއިރު ސަރުކާރުގެ ސިޔާސަތު އޮތްގޮތުން

އަފްޣާނިސްތާނުގެ އިސް ތިން ވަޒީރަކު އިސްތިއުފާ ދެއްވުމަށް ހުށަހެޅުމުން ރައީސް އަޝްރަފް ޣަނީ އެބޭފުޅުންގެ އިސްތިއުފާއާއި ދެކޮޅު ހައްދަވައިފިއެވެ.

ޑިފެންސް މިނިސްޓަރ ތާރިޤް ޝާހު ބަހްރަމީއާއި ދާޚިލީ ވަޒީރު ވައިސް ބަރްމަކް އަދި ނޭޝަނަލް ޑައިރެކްޓަރޭޓް އޮފް ސެކިއުރިޓީގެ ވެރިޔާ މަސްއޫމް ސްޓަނެކާޒީ ހޮނިހިރު ދުވަހު އިސްތިއުފާ ހުށަހަޅާފައިވަނީ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު އަތުމަރް އިސްތިއުފާ ދެއްވިތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ނަމަވެސް ސަރުކާރުގެ ތަރުޖަމާނު ހާރޫން ޗަކަންސޫރީ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ތިން އޮފިޝަލުން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިތިއްބެވުމަށް ރައީސް އަޝްރަފް ޣަނީ އެދިވަޑައިގެންނެވިކަމަށެވެ. އަދި "ސަލާމަތީ ކަންކަމުގެ ހާލަތު ރަނގަޅުކުރެއްވުމަށް މަސައްކަތްކުރެއްވުމަށް" އެދިވަޑައިގެންނެވިކަމަށެވެ.

ދާޚިލީ ވުޒާރާގެ އިސް ދެ އޮފިޝަލަކު ވިދާޅުވެފައިވަނީ ތިން ބޭފުޅުން އިސްތިއުފާ ހުށަހެޅުއްވީ ގައުމުގެ ސަލާމަތީ ކަންކަން ގޯހުން ގޯހަށް ދާއިރު ސަރުކާރުން ގެންގުޅޭ ސިޔާސަތާމެދު ޚިޔާލުތަފާތުވެގެން ކަމަށެވެ.

ސަލަމަތީ ކަންކަމަށް އިތުރު ލޮޅުންތައް އަރާފައިވަނީ ތާލިބާނުންގެ ހަމަލާތަކެއް ވޭތުވެ ދިޔަ ހަފްތާގައި އިތުރުވެގެން ދިއުމާއެކުއެވެ.

ވެރިރަށް ކާބުލްއާއި އެހެނިހެން މައި ސިޓީ ތަކުގައިވެސް ވަނީ މި ވޭތުވެދިޔަ ހަފްތާތަކުގައި ހަމަލާތައް ދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
0%
0%
0%
0%
0%
ކޮމެންޓް