ކ. މާލެ
|
26 އޯގަސްޓް 2018 | އާދީއްތަ 08:24
ޖޯން މެކެއިން
ޖޯން މެކެއިން
ގެޓީ އިމޭޖަސް
ސެނެޓަރ ޖޯން މެކޭން
އެމެރިކާގެ މަޝްހޫރު ސެނެޓަރ، ޖޯން މެކެއިން އަވަހާރަވެއްޖެ
 
މެކެއިންވަނީ އެމެރިކާގެ ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި
 
ޖޯން މެކެއިން އަވަހާރަވެފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި

ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދެވި، އެމެރިކާގެ މަޝްހޫރު ސެނެޓަރ، ޖޯން މެކެއިން އަވަހާރަވެއްޖެއެވެ.

81 އަހަރުފުޅުގެ މަކެއިން އާދިއްތަ ދުވަހުގެ ވަގުތެއްގައި އަވަހާރަވެފައިވާކަން މެކެއިންގެ އޮފީހުން ހާމަކޮށްފައިވާއިރު، އެމަނިކުފާނު އިތުރު ފަރުވާއަށް އިންކާރު ކުރެއްވިކަން އާއިލާއިން ހުކުރު ދުވަހު އާންމުކޮށްފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.

އަވަހާރަވި ވަގުތު އެމަނިކުފާނާ އެކު އަނބިކަނބަލުންނާއި އާއިލާގެ ފަރާތްތައް ތިއްބެވިއެވެ.

މެކެއިންއަށް ސިކުނޑީގެ ކެންސަރު ޖެހިވަޑައިގެންފައިވާކަމަށާއި ފަރުވާ ހޯއްދަވަމުން ގެންދަވާކަން އެމަނިކުފާނުގެ އޮފީހުން ފުރަތަމަ ހާމަކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ އެމަނިކުފާނުގެ ލޮލުގެ އެތެރޭގައި އުފެދުނު ގަނޑު ލޭ ކޮޅެއް ނެގުމުގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ވިއެޓްނާމް ހަނގުރާމާގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ މެކެއިންވަނީ ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި ފަސްއަރަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަ ކުރައްވާފައެވެ. އަދި ސެނެޓަރެއްގެ ގޮތުގައި ހަ ދައުރު ހަމަކުރައްވާފައިވާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެކެއިން ވަނީ ދެ ފަހަރުގެ މަތިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައެވެ.

2017 ވަނަ އަހަރުގެ މާޗް މަހު މެކެއިންވަނީ ކުރީގެ ރައީސް، މުހައްމަދު ނަޝީދާ ބައްދަލުކުރައްވާ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
100%
0%
0%
0%
0%
0%
ކޮމެންޓް