ކ. މާލެ
|
25 އޯގަސްޓް 2018 | ހޮނިހިރު 10:27
ލޯގެ މައްޗަށް ދައުވާ އުފުލުން ވެގެންދާނީ އެކްސްޓްރެޑިޝަންގެ ދަށުން އޭނާ މެލޭޝިއާއާއި ހަވާލުކުރުމަށް އެޅޭ މައި ފިޔަވަޅަށް
ލޯގެ މައްޗަށް ދައުވާ އުފުލުން ވެގެންދާނީ އެކްސްޓްރެޑިޝަންގެ ދަށުން އޭނާ މެލޭޝިއާއާއި ހަވާލުކުރުމަށް އެޅޭ މައި ފިޔަވަޅަށް
އޭއެފްޕީ
1އެމްބީޑީގެ ކޮރަޕްޝަން
1އެމްބީޑީގެ ކޮރަޕްޝަން: ތުހުމަތު ކުރެވޭ ބޮޑު ވިޔަފާރިވެރިއެއްގެ މައްޗަށް ދައުވާ އުފުލައިފި
 
ލޯގެ ބައްޕަގެ މައްޗަށްވެސް ދައުވާއެއް އުފުލާފައިވޭ
 
ލޯގެ މައްޗަށް އަށް ދައުވާއެއް ކުރެވިފައިވޭ

މެލޭޝިއާގެ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ވިޔަފާރިވެރިއެއްކަމަށްވާ ލޯ ޓައެކްގެ މައްޗަށް މަނީ ލައުންޑަރިންގގެ އަށް ދައުވާއެއް އުފުލައިފިއެވެ.

ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް މެއި މަހު ބޭއްވި އިންތިޚާބު ނާކާމިޔާބު ވެވަޑައިގެން ބޮޑުވަޒީރުކަމުގެ މަގާމު ގެއްލުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމުގައިވި ވަން އެމްޑީބީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ލޯ ޓައެކް ނުވަތަ ޖޯ ލޯ ގެ މައްޗަށް ހުކުރު ދުވަހު ދައުވާ އުފުލާފައިވާއިރު އޭނާއަކީ އެ ޚިޔާނާތުގެ މައި މުގުލެއްގެ ގޮތުގައި ތުހުމަތުކުރެވޭ މީހެކެވެ.

ފިލައިގެން އުޅެމުންދާ ޖޯ ލޯ މަކާއޯގައި އުޅުމަށްފަހު މިހާރު އުޅެމުންދަނީ ޗައިނާގައި ކަމަށް ރިޕޯޓްތައްބުނެއެވެ.

ލޯގެ މައްޗަށް ދައުވާ އުފުލުން ވެގެންދާނީ އެކްސްޓްރެޑިޝަންގެ ދަށުން އޭނާ މެލޭޝިއާއާއި ހަވާލުކުރުމަށް އެޅޭ މައި ފިޔަވަޅަށްކަމަށެވެ.

ފުލުހުންގެ ކޮމާޝަލް ކްރައިމް ޔުނިޓްގެ ވެރިޔާ އަމަރް ސިންގހު އޭއެފްޕީގައި ވިދާޅުވީ އިދާރީ ވެރިރަށް ޕުތްރަޖަޔާގެ ކޯޓްގައި ވިޔަފާރިވެރިޔާގެ ޣައިރުހާޒިރުގައި އޭނާގެ މައްޗަށް އަށް ދައުވާއެއް އުފުލިފައިވާކަމަށެވެ.

ދައުވާތައް އުފުލާފައިވަނީ އެންޓި ޓެރެރިޒަމް އަދި ޓެރެރިޒަމަށް ފައިސާ ޚަރަދުކުރުން މަނާކުރާ ގާނޫނުގެ ދަށުންނެވެ.

ލޯގެ ބައްޕަގެ މައްޗަށްވެސް ވަނީ ލޯއަށް ފައިސާ ފޮނުވައިދިނުމާއި ގުޅިގެން ދައުވާ އުފުލާފައެވެ.

އެ މީހުން ހައްޔަރު ކުރުމަށްވަނީ އަމުރުވެސް ނެރެފައެވެ.

ލޯގެ ތަރުޖަމާނުވަނީ ލޯއަކީ ކުށެއް ނެތް މީހެއްކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައެވެ. އަދި މެލޭޝިއާގައި މިހާރު އޮތް ބޮޑުވަޒީރު މަހާތިރުގެ ސަރުކާރަކީ ގާނޫނުގެ ވެރިކަން ހިންގުމުގެ ޝައުގުވެރިކަމެއް އޮތް ސަރުކާރެއް ނޫންކަމަށާއި އެކަން ތަކުރާރުކޮށް ސާބިތުކޮށްދެމުންދާއިރު މެލޭޝިއާގައި ލޯގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ވަކީލު މެދުވެރިކޮށް ތަރުޖަމާނު ވިދާޅުވިއެވެ.

ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި ނަޖީބުގެ ބައިވެރިން 1އެމްޑީބީގެ ޚިޔާނާތުގެ ތެރެއިން އެތައް ބިލިއަން ޑޮލަރެއް ހޯދާފައިވާކަމަށް ތުހުމަތުކުރެވޭއިރު މެއިމަހު ބޭއްވި އިންތިޚާބަށްފަހު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި މަހާތީރު މުހަމަދުވަނީ އެ މައްސަލައިގެ ތަހުގީގު އަލުން ފައްޓަވާފައެވެ.

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފައިސާއިން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ހޯދުމުގެ މަސައްކަތް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކުރަމުންދާއިރު ލޫޓުވާފައިވާކަމަށް ބެލެވޭ އަދަދު 4.5 ބިލިއަން އެމެރިކާ ޑޮލަރު ނަގާފައިވާކަމަށް ބެލެވެއެވެ.

1އެމްޑީބީގައި ލޯގެ ރަސްމީ ދައުރެއް ނެތް ނަމަވެސް ބެލެވޭ ގޮތުގައި އޭނާގެ ބޮޑު ނުފޫޒެއް އެ ފަންޑުގެ މައްޗަށް އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ