ކ. މާލެ
|
24 އޯގަސްޓް 2018 | ހުކުރު 09:20
ރަޝިއާގެ ފޮރިން މިނިސްޓްރީ ކައިރީގައި ބަޑިން ހަމަލާ ދިން މީހާ
ރަޝިއާގެ ފޮރިން މިނިސްޓްރީ ކައިރީގައި ބަޑިން ހަމަލާ ދިން މީހާ
ރަޝިއާގެ އިންވެސްޓިގޭޓިވް ކޮމިޓީ
ބަޑި ޖެހުން
ރަޝިއާގެ ފޮރިން މިނިސްޓްރީ ކައިރީގައި ބަޑި ޖަހައިފި
 
ބަޑި ޖަހާފައި ވަނީ 31 އަހަރުގެ ފިރިހެނެއް

ރަޝިއާގެ ފޮރިން މިނިސްޓްރީ ކައިރީގައި ފުލުހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދީފިއެވެ.

ޕޭވްމަންޓްގެ މަތިން ހިނގާފައި ދިޔަ ދެ ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައި ވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެމީހާ ހަމަލާ ދީފައި ވަނީ މަގު ހުރަސްކުރުމަށް ފަހު އެ މީހުންގެ ކުރިމައްޗަށް އަރައެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަމަލާ ދޭން ފެށުމާ އެކު ފުލުހުން ވަނީ ޕޭވްމެންޓް ކައިރީގައި ޕާކް ކޮށްފައި އޮތް ކާރެއްގެ ހިމާޔަތް ހޯދާފައެވެ.

ދެ ފަރާތުގެ މެދުގައި މިނިޓެއްހާ އިރު ވަންދެން ބަޑީގެ ހަމަލާ ބަދަލުކުރި އިރު ފުލުހުންގެ ހަމަލާއެއްގައި އެ މީހާ ވަނީ މަރުވެފައވެެ. އޭނާ މަރުވީ ރައްދުގައި ފުލުހުން ދިން ހަމަލާގައި ބޮލަށް އެރި ވަޒަނަކާ ގުޅިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ހަމަލާ ބަދަލު ކުރުމުގެ ތެރޭގައި ފުލުހެއްގެ ފަޔަށް ވެސް ވަނީ ވަޒަނެއް އަރާފައެވެ.

ރަޝިއާގެ ތަހްގީގު ކޮމިޓީގެ ސްޕޯކްސްވުމެން ޔޫލިއާ އިވަނޯވާ ވިދާޅުވީ ހަމަލާ ދިން ސަބަބު ސާފުނުވާ ކަމަށެވެ. ހަމަލާ ދިން އެ މީހާއަކީ ރަޝިއާގެ ކަބަރްޑީނަބަލް ކާރިއާގެ ސަރަހައްދަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އޭނާގެ ނަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ