ކ. މާލެ
|
23 އޯގަސްޓް 2018 | ބުރާސްފަތި 19:10
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
ޑޮނަލްޑް ޓްރަމްޕް
މަގާމުން ވަކިކޮށްފިނަމަ އިގްތިސާދު އިނދަޖެހޭނެ: ޓްރަމްޕް
 
ނޮވެމްބަރު މަހުގެ ކުރިން ޑިމޮކްރެޓުން ވޯޓެއް ނުނަގާނެ

އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކޮށްފިނަމަ އެމެރިކާގެ އިގްތިސާދު އިނދަޖެހޭނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. 

ޓްރަމްޕްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވަނީ އެމެރިކާގެ އިންތިހާބުތަކާއި ބެހޭ ގާނޫނާއި އެމަނިކުފާނު ހިލާފުވެފައިވާ ކަމަށް ސާބިތުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޯހެން ވަނީ އިންތިހާބުތަކާއި ބެހޭ ގާނޫނާއި ހިލާފުވީ ސީދާ އެކަން ކުރުމަށް އެމަނިކުފާނު އިރުޝާދު ދިނުމުން ކަމަށެވެ. މީގެކުރިން މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ޓްރަމްޕް ވާހަކަ ދައްކަވާފައެއް ނުވެއެވެ. 

ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު މަގާމުން ދުރުކޮށްފިނަމަ އެކަމުގެ އަސަރު އެމެރިކާގެ އިގްތިސާދަށް ކުރާނެ ކަމަށާއި އިގްތިސާދު އިނދަޖެހޭނެ ކަމަށެވެ. 

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބުތަކުގެ ކުރިން ޓްރަމްޕް މަގާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމަކީ ދުރުގައިވާ ކަމެކެވެ.

2016  ވަނަ އަހަރުގެ އިންތިހާބުގައި ދެ މީހަކަށް ކެމްޕެއިންގެ ފައިސާގެ ތެރެއިން ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ވަނީ ކުރެވިފައެވެ. އެމަނިކުފާނުގެ ލޯޔަރު ވަނީ މިގޮތަށް އަމަލުކުރެއްވިކަން ކަށަވަރު ކޮށްދީފައެވެ. ޓްރަމްޕް ވަނީ ކޯހެންގެ މި ތުހުމަތުތައް މީގެކުރިން ދޮގު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެފައިސާއަކީ ރިޝްވަތުގެ ގޮތުގައި ހުށަހެޅި ފައިސާ ނޫން ކަމަށާއި އެއީ އެމަނިކުފާނުގެ އަމިއްލަ ފައިސާއިން ދެއްވި ފައިސާ ކަމަށެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
33%
0%
0%
0%
67%
ކޮމެންޓް