ކ. މާލެ
|
21 އޯގަސްޓް 2018 | އަންގާރަ 12:28
އަލަށް ތައާރަފުކުރި ބޮލިވަރ ސޮބެރާނޯ(ސޮވަރިން ބޮލިވަރ) ގެ ނޫޓެއް ދައްކާލަނީ
އަލަށް ތައާރަފުކުރި ބޮލިވަރ ސޮބެރާނޯ(ސޮވަރިން ބޮލިވަރ) ގެ ނޫޓެއް ދައްކާލަނީ
މުހައްމަދު ޝަރުހާން
ވެނެޒުއޭލާގެ ހަމަނުޖެހުން
ފައިސާގެ އަގު ދަށްވުމުން ވެނެޒުއޭލާގައި އާ ނޫޓެއް ތައާރަފުކޮށްފި
 
މި ބަދަލަކީ އިގްތިސާދު ރަނގަޅުވާނެ ބަދަލެއް ނޫންކަމަށް ފާޑުކިޔާ މީހުންދަނީ ބުނަމުން
 
ފައިސާގެ އަގު ޕެގް ކޮށްފައިވަނީ ޕެޓްރޯއާ

އިގްތިސާދީ ގޮންޖެހުންތަކެއް ތެރޭގައި އޮތް ވެނެޒުއޭލާގައި ކުރިން ބޭނުން ކުރަމުންދިޔަ ފައިސާ އުވާލައި އައު ފައިސާއެއްނެރެ ބޭނުންކުރަން ފަށައިފިއެވެ.

އިންފްލޭޝަން މަތިވެ ފައިސާގެ އަގު ދަށްވެގެން ދިއުމުން އެޅި މި ފިޔަވަޅާމެދު ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މި ފިޔަވަޅުގެ ސަބަބުން އިގްތިސާދު އިތުރަށް ވެގެންދާނީ ބަލިކަށި ކަމަށެވެ. 

ރައީސް ނިިކޮލަސް މަޑޫރޯވަނީ އައު ފައިސާ"ސޮވަރިން ބޮލިވަރ" ނެރުމުގެ ގޮތުން ހޯމަ ދުވަހަކީ ބަންދު ދުވަހެއްކަމަށް ހަމަޖައްސަވާފައެވެ.

ގޮންޖެހުންތަކުގެ ތެރޭ އުޅުުއްވަމުން ގެންދަވާ މަޑޫރޯގެ އިގްތިސާދީ އިސްލާހީ ބަދަލުތަކުގެ ދަށުން އަލަށް ނެރުނު ފައިސާ ވަކި މުއްދަތެއް ވަންދެން ދައުުރު ކުރަމުންދާނީ ކުރީގެ ފައިސާއާއިއެކުގައެވެ.

ބޮލިވަރ ޕެގް ކުރެވިފައި ހުންނާނީ ޕެޓްރޯއާއެވެ.

ޕެޓްރޯއެއްގެ އަގަކީ 60 އެމެރިކާ ޑޮލަރުކަމަށްވާއިރު މި އަގަކީ ވެނެޒުއޭލާގެ ތެޔޮފީފާއެއްގެ އަގު ހުންނަ މިންވަރަކާއި އެއްގޮތަށް ކަނޑައެޅިފައި އޮންނަ އަގެކެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
0%
ކޮމެންޓް