ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 12:55
ޑރ. ހުސެއިން ބިން އަބްދުލްއަޒީޒް އާލް ޝެއިޚް
ޑރ. ހުސެއިން ބިން އަބްދުލްއަޒީޒް އާލް ޝެއިޚް
އެރަބް ނިއުސް
ހައްޖު ދުވަސް
ހައްޖުގެ ޚުތުބާ މިފަހަރު ދެއްވާނީ މަދީނާގެ ހައިކޯޓުގެ ފަނޑިޔާރެއް
 
ހުރިހާ ހައްޖުވެރިން ވަނީ އަރަފާތު ބިމަށް ޖަމާވެފައި

ހައްޖު ޚުތުބާ މިއަދު ދެއްވާނީ މަދީނާގެ ނަބަވީ މިސްކިތުގެ އިމާމް، ޑރ. ހުސެއިން ބިން އަބްދުލްއަޒީޒް އާލް ޝެއިޚް ކަމަށް ސައުދީ ރަސްގެފާނުގެ ގަނޑުވަރުން އާންމުކުރި ބަޔާނުގައި ވަނީ ބުނެފައެވެ.

ޝެއިހް ހުސެއިން ބިން އަބްދުލްއަޒީޒް އާލް ޝެއިޚް އަކީ މަދީނާގެ ހައިކޯޓުގެ ގާޒީއެއްވެސް މެއެވެ.

މިދިޔަ އަހަރުގައި ހައްޖު ޚުތުބާ ދެއްވީ ޝޫރާ ކައުންސިލްގެ ކުރީގެ ޗެއާމަން ޝައިޚް ސާލިހް ބިން ހުމައިދެވެ. އޭގެ ކުރިން ޚުތުބާ ދެއްވީ ސައޫދީ އަރަބިއްޔާގެ އިސް މުފްތީ އަބްދުލް އަޒީޒް އާލްއެވެ. އޭނާ ވަނީ މެދުކެނޑުމެއްނެތި 35 އަހަރު ވަންދެން ޚުތުބާ ދެއްވާފައެވެ.  އަބްދުލް އަޒީޒް އާލް ހައްޖު ޚުތުބާ ދެއްވުން ހުއްޓަވާލެއްވީ ސިއްހީ ހާލުކޮޅު ދަށްވުމުގެ ސަބަބުންނެވެ.

ހައްޖު ޚުތުބާ ދެއްވާނީ އަސްރު ނަމާދަށްފަހު އަރަފާތު ބިމުގައި ހުންނަ ނަމްރާ މިސްކިތުގައެވެ.

މިއަދަކީ ބަރަކާތްތެރި ހައްޖު ދުވަހެވެ. މިފަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެމިލިއަނެއްހާ ހައްޖާޖީން ވަނީ ރޭ މިނާގައި ތިބުމަށްފަހު ފަރިހުންފެށިގެން އަރަފާތު ބިމަށް ޖަމާވާން ފަށާފައެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު އަދާ ކުރުމަށް ﷲ ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ހައްޖުމަހުގެ 9 ވަނަ ދުވަހު ހައްޖުވެރިން އަރަފާތުގެ ބިމުގައި ތިބުމަކީ ހައްޖުގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު ރުކުނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް