ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 15:35
އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން
އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން
އޭއެފްޕީ
ކޯފީ އަނާން އަވަހާރަވުން
އދ. ގެ ކުރީގެ ސެކްރެޓެރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެ
 
އެމަނިކުފާނު ރާއްޖެ ވެސް ވަޑައިގެންނެވި
 
ދިހަ އަހަރު ވަންދެން އދ.ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައިވޭ
 
އަވަހާރަވީ އުމުރުފުޅުން 80 އަހަރުގައި

ނޯބަލް ޕީސް ޕްރައިޒް ހޯއްދަވާފައިވާ އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ހޮނިހިރު ދުވަހު އަވަހާރަވެއްޖެއެވެ.

އަވަހާރަވި އިރު އެމަނިކުފާނުގެ އުމުރުފުޅަކީ 80 އަހަރެވެ.

ގާނާއަށް އުފަން ކޯފީ އަނާން އަވަހާރަވީ އާލާސްކަންފުޅެއްގައި ދުވަސްތައް ހޭދަ ކުރައްވަމުން ގެންދަނިކޮށެވެ. ނަމަވެސް އެއްވެސް ރަސްމީ ފަރާތަކުން އެއީ ކޮން އާލާސްކަންފުޅެއްކަން ހާމައެއް ނުކުރެއެވެ. އދ. އިން ވަނީ ކޯފަން އަވަހާރަވެއްޖެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެމަނިކުފާނު ވަނީ 1997 ވަނަ އަހަރުން 2006 ވަނަ އަހަރަށް އދ. ގެ ސެކްރެޓްރީ ޖެނަރަލްކަން ކުރައްވާފައެވެ. އެއާ އެކު އެ މަނިކުފާނު އެންމެ އިސް ޑިޕްލޮމެޓަށް ވެވަޑައިގެންނެވި އެފްރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ބޭފުޅާއަށެވެ. އެމަނިކުފާނު މަގާމުގައި ހުންނަވައިގެން ވަނީ މެދުއިރުމައްޗާއި އެކި ގައުމުތަކުގެ ހަމަޖެހުން ގާއިމުކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ. އެ މަގާމުގައި ހުންނަވާ އެމަނިކުފާނު ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ. ކޯފީ އަނާން ރާއްޖެ ވަޑައިގަތީ 2005 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެމަނިކުފާނު އަވަހާރަވެއްޖެކަން ހާމަކޮށް ނެރުނު ބަޔާނުގައި، ކޯފީ އަނާން ފައުންޑޭޝަނުން ބުނީ އެމަނިކުފާނަކީ ދުނިޔެ އަމާންތަނަކަށް ހެދުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް