ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 12:48
18 އޯގަސްޓް 2018 ވަނަ ދުވަހު ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އިމްރާން ޚާން ވާހަކަދައްކަވަނީ
18 އޯގަސްޓް 2018 ވަނަ ދުވަހު ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އިމްރާން ޚާން ވާހަކަދައްކަވަނީ
އެންޑީޓީވީ
ޕާކިސްތާނުގެ އިންތިޚާބު
އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި
 
އިމްރާން ޚާން ވަނީ ކޮރަޕްޝަން ނައްތާލެއްވުމަށް ވައުދުވެ ވަޑައިގެންފައި

ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ޕާކިސްތާން ތަހްރީކޭ އިންސާފު ޕާޓީގެ ލީޑަރު އިމްރާން ޚާން ބޮޑުވަޒީރުކަމުގެ ހުވާ ހޮނިހިރު ދުވަހު ކުރައްވައިފިއެވެ.

"އަޅުގަނޑު ވައުދުވަން ގައުމު ލޫޓުވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް" ގާނޫނުހަދާ މަޖިލީހުގައި ހުކުރު ދުވަހު ނެގި ވޯޓަށްފަހު ދަންނަވަމެވެ.

އިމްރާން ޚާން ވަނީ އެމަނިކުފާނު ކުރިކެޓް ކުޅުއްވި ދުވަސްވަރު އިންޑިއާގެ ޓީމަށް ކުޅުނު މަޝްހޫރު ތިން ކުޅުންތެރިއެއް ކަމަށްވާ ނަވްޖޯތު ސިންހު ސިންދު، ސުނިލް ގަވަސްކަރް އަދި ކަޕިލް ދޭވްއަށް ހުވާކުރުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވާފައެވެ. އޭގެ ތެރެއިން ރަސްމިއްޔާތަށް ވަޑައިގެންނެވީ ސިންދު އެކަންޏެވެ.

އިމްރާން ޚާން އަށް ގައުމު ހިންގެވުމުގައި ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައުމު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަނޑުން ސަލާމަތްކުރެއްވުމެވެ. އެމަނިކުފާނު ވަނީ "އާ ޕާކިސްތާން" އެއް އުފައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ޖުލައި މަހު 25 ވަނަ ދުވަހު ޕާކިސްތާނުގައި ބޭއްވި އިންތިޚާބުގައ އިމްރާން ޚާންގެ ޕާކިސްތާން ޕީޓީއައިއަށް 151 ގޮނޑި ލިބިފައިވެއެވެ.

އިމްރާން ޚާންގެ ޕީޓީއައި އާ އެންމެ ގާތުން ވާދަކުރެއްވި، މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ލިބިފައި ވަނީ 82 ގޮނޑިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ލިބިފައި ވަނީ 53 ގޮނޑިއެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު އިމްރާން ޚާން ކާމިޔާބު ކުރައްވާފައި ވަނީ 176 މެމްބަރުންގެ ތާއިދު ހޯއްދަވައިގެންނެވެ. އެމަނިކުފާނާއި ވާދަކުރެއްވި، ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީ.އެމް.އެލް-އެން) ގެ ރައީސް ޝެހްބާޒް ޝަރީފް އަށް ލިބިވަޑައިގެންނެވީ 96 ވޯޓެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް