ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 21:43
ކެރެލާ އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ތެރެއިން
ކެރެލާ އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ތެރެއިން
އޭއެފްޕީ/ގެޓީ
އިިންޑިއާ
ކެރެލާ އަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި 324 މީހުން މަރުވެއްޖެ
 
މިހާރު ކުރަމުންގެންދާ ވިއްސާރައަކީ ވޭތުވެދިޔަ 100 އަހަރު ތެރޭ ކެރަލާ އަށް ކުރާ އެންމެ ވަރުގަދަ ވިއްސާރަ

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކެރެލާ އަށް އަށް ކުރަމުންދާ މޫސުމީ ވިިއްްސާރާގައި 324 މީހުން މަރުވެފައިވާ ކަމަށް ސްޓޭޓުގެ ޗީފް މިނިސްޓަރު ޕިނަރައި ވިޖަޔަން ވިދާޅުވެއްޖެ އެވެ.

ބޯކޮށް ވާރޭވެހެމުންދިޔުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު، 200،000 މީހުން ވަނީ ގޯތިގެދޮރު ގެއްލި ވަގުތީ ކޭމްޕްތަކަށް ބަދަލުވާން ޖެހިފައެވެ. 

ވޭތުވެދިޔަ 100 އަހަރު ތެރޭ ވެސް ކެރަލާ އަށް ކުރާ އެންމެ ވަރުގަދަ ވިއްސާރަ ކަމަށް އޮފިޝަލުން ބުނާއިރު، ކެރެލާގެ ސަރުކާރުން ބުނެފައި ވަނީ މަރުވި ގިނަ މީހުން މަރުވެފައި ބިންގަނޑުކަނޑައިގެން ކުނިބުނީގައި ތާށިވެގެން ކަމަށެވެ. 

އަދިވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އަދި ރެޑް އެލާރޓް ވެސް ނެރެފައިވާއިރު، ކެރެލާގެ މައި އެއާރޕޯޓު ވަނީ 26 އޯގަސްޓާ ހަމައަށް ބަންދުކޮށްފައެވެ. 

އެތައް ސަތޭކަ ސިފައިން މީހުންނަށް އެހީވުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާއިރު، ކެރެލާގެ ސަރުކާރުން އާންމުންނަށް އިލްތިމާސްކޮށްފައި ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އަންގާ އެންގުމަށް ބޯލެނބުމަށެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ