ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 19:43
ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް ހޮވިވަޑައިގަތް އިމްރާން ޚާން
ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް ހޮވިވަޑައިގަތް އިމްރާން ޚާން
އަލްޖަޒީރާ
ޕާކިސްތާންގެ ބޮޑުވަޒީރު
އިމްރާން ޚާން ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް އައްޔަންކޮށްފި
 
އިމްރާން ޚާން، ގާނޫނު ހަދާ މަޖިލީހުގެ ވޯޓު ކާމިޔާބު ކުރައްވާފައި ވަނީ 176 މެމްބަރުންގެ ތާއިދު ހޯއްދަވައިގެން

ޕާކިސްތާނުގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން އެގައުމުގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް އައްޔަންކޮށްފިއެވެ.

އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހުކުރު ދުވަހު ނެގުނު ވޯޓު، އިމްރާން ޚާން ކަމިޔާބު ކުރައްވައިގެން ބޮޑުވަޒީރު ކަަމަށް ހޮވިވަޑައިގަތްއިރު، ޖުލައި މަހު ޕާކިސްތާނުގައި ބޭއްވުނު އާއްމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވީ އިމްރާން ޚާންގެ ޕީ.ޓީ.އައި އެވެ. އަދި އެއަށް ފަހު ކުޑަ އެހެން ޕާޓިތަކާއެކު ކޯލިޝަން ހެއްދެވުމަށް ފަހު ބޮޑު ވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމަށް މަގުކޮށްޓެވިއެވެ. 

ރިޕޯޓުތައް ބުނާގޮތުން އިމްރާން ޚާން ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވާނީ ހޮނިހިރު ދުވަހުއެވެ.

އިމްރާން ޚާން އަށް ގައުމު ހިންގެވުމުގައި ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައުމު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަނޑުން ސަލާމަތްކުރެއްވުމެވެ. އެމަނިކުފާނު ވަނީ "އާ ޕާކިސްތާން" އެއް އުފައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. 

ހުކުރުު ދުވަހު ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު އިމްރާން ޚާން ކާމިޔާބު ކުރައްވައިފައި ވަނީ 176 މެމްބަރުންގެ ތާއިދު ހޯއްދަވައިގެންނެވެ. އެމަނިކުފާނާއި ވާދަކުރެއްވި, ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީ.އެމް.އެލް-އެން) ގެ ރައީސް ޝެހްބާޒް ޝަރީފް އަށް ލިބިވަޑައިގެންނެވީ 96 ވޯޓެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
0%
ކޮމެންޓް