ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 18:17
ހަމަލާ ދީފައި ވަނީ ކިޔެވުން ކުރިއަށް ދަނިކޮށް
ހަމަލާ ދީފައި ވަނީ ކިޔެވުން ކުރިއަށް ދަނިކޮށް
ރޮއިޓަރސް
އަފްޣާނިސްތާން
ކާބުލްގެ ޓިއުޝަން ސެންޓަރަކަށް ދިން ހަމަލާއެއްގައި 48 މަރު
 
އަފްޣާނިސްތާނުގައި މިފަހަކަށް އައިސް ވަނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތައް ގިނަވެފައި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެޑިޔުކޭޝަން ސެންޓަރަކަށް ބުދަ ދުވަހު ދިން ހަމަލާއެއްގައި 48 މީހަކު މަރުވެފައިވާ ކަަމަށް އޮފިޝަލުން ބުނެފިއެވެ. 

ޖާނުން ފިދާވެގެން ދިން މި ބޮމުގެ ހަމަލާގައި 67 މީހަކު ޒަޚަމްވި ކަަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ބޮމުގެ ހަމަލާ ދިން މީހާ އެޑިއުކޭޝަން ސެންޓަރަށް ވަނީ ކިޔެވުން ކުރިއަށް ދަނިކޮށްކަމަށްވާއިރު، އެ މީހާ ވަދެ އޭނާގެ ބޮމް ހަރުކޮށްފައިވާ ބެލްޓް ގޮއްވާލީއެވެ. 

މަރުވި ގިނަ ފަރާތްތަކަކީ ފުރާއުމުުރުގެ ކުދިންކަމަށްވާއިރު އެކުދިންނަކީ ބޮން ގޮއްވާލި ސެންޓަރުގައި ޓިއުޝަން ނަގަމުން ދިޔަ ކުދިންނެވެ. އެކުދިން ތައްޔާރުވަމުން ދިޔައީ ޔުނިވާސިޓީ އެންޓްރެންސް އެކްޒާމަަކަށެވެ. 

ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ، ތާލިބާނުން ބުނެފައި ވަނީ ކާބުލްގައި ދިން ހަމަލާގައި އެ ޖަމާއަތުގެ އެއްވެސް އަތެއް ނުވާ ކަމަށެވެ. ބޮމުގެ ހަމަލާ ދިން ސަރަހައްދަކީ ޝިއައީ މުސްލިމުން ގިނައިން ދިރިއުޅޭ ސަރަހައްދެކެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް