ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 12:23
އެނެމީއޮފްނަން ހޭޝްޓެގް ކެމްޕެއިންގެ އިތުރުން އޯގަސްޓް 16 ވަނަ ދުވަހު ޚާއްސަ އާޓިލްއެއް ލިޔުމަށް ބޮސްޓަން ގްލޯބުންވަނީ ގޮވާލާފައި
އެނެމީއޮފްނަން ހޭޝްޓެގް ކެމްޕެއިންގެ އިތުރުން އޯގަސްޓް 16 ވަނަ ދުވަހު ޚާއްސަ އާޓިލްއެއް ލިޔުމަށް ބޮސްޓަން ގްލޯބުންވަނީ ގޮވާލާފައި
އޭއެފްޕީ/ގެޓީ
ނޫސްވެރިކަމުގެ މިނިވަންކަން
މިނިވަން މީޑިއާއަކަށް ގޮވާލައި ރައީސް ޓްރަމްޕްގެ ހަމަލާތަކާ ދެކޮޅަށް އެމެރިކާގެ މީޑިއާ ކެމްޕޭނެއް ފަށަނީ
 
އެނެމީއޮފްނަން ހޭޝްޓެގް ކެމްޕެއިން ފެށީ ބޮސްޓަން ގްލޯބުން

ރައީސް ޓްރަމްޕް މީޑިއާތަކަށް ދެއްވާ ހަމަލާތަކާއި ދެކޮޅަށް އެމެރިކާގެ 300 އަށްވުރެ ގިނަ ނޫސް އިދާރާ ގުޅިގެން މިނިވަން މީޑިއާއަކަށް ގޮވާލައި ކެމްޕޭނެއް ބުރާސްފަތި ދުވަހު ލޯންޗުކުރަން ނިންމައިފިއެވެ.

ބޮސްޓަން ގްލޯބުން މިދިޔަ ހަފްތާގައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ" މުޑުދާރު ހަނގުރާމަ" އާއިދެ ކޮޅަށް އެނެމީއޮފްނަން ހޭޝްޓެގްގެ ދަށުން  ރައީސް ޓްރަމްޕްގެ އަމަލުތަކަށް ގައުމީ ފެންވަރެއްގައި ދެކޮޅު ހެދުމުގެ ކެމްޕޭނަކަށް ގޮވާލާފައެވެ.

ރައީސް ޓްރަމްޕް ގެންދަވަނީ ބައެއް މީޑިއާ ރިޕޯޓްތަކަށް އިޝާރާތްތްކުރައްވައި އެއީ ދޮގު ޚަބަރުގެ ގޮތުގައި ވިދާޅުވެ ނޫސްވެރިން އެއީ ރައްޔިތުންގެ އަދުއްވުންގެ ގޮތުގައި ސިފަކުރައްވައި ބަހުގެ ހަމަލާ ދެއްވަމުންނެވެ.

އދގެ ތަޖުރިބާކާރުން ވަނީ ޓްރަމްޕްގެ އެ އަމަލުތަކަކީ ނޫސްވެރިންނާ ދެކޮޅުވެރި އަމަލުތައް ހިންގުމުގެ ބިރުވެރިކަން އުފެދޭފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ބޮސްޓަން ގްލޯބުންވަނީ "ސަރުކާރުން ނޫސްވެރިކަމަށް ދިން ހަމަލާތަކުގެ ނުރައްކާ" ނަމުގައި އެޑިޓޯރިއަލްއެއް އޯގަސްޓް 16 ވަނަ ދުވަހު ލިޔާނެ ކަމަށް ވައުދުވެ އަދި އެހެން ނޫސް އިދާރާތަކުން ވެސް އެކަން އެގޮތަށް ކުރުމަށް ގޮވާލާފައެވެ.

އެމެރިކާގެ މައި ނޫސްތަކާއި އެގައުމުގެ ކުދި ކުދި އިދާރާތަކުންވެސް ވަނީ އެ ގޮވާލުމަށް އިޖާބަދޭނެ ކަމަށް ބުނެފައެވެ. މީގެއިތުރުން އިނގިރޭސިވިލާތުގެ ދި ގާޑިއަން ނޫހުންވެސްވަނީ އެފަދަ ލިއުމެއް ޝާއިއުކުރާނެ ކަމަށް ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
0%
50%
0%
0%
ކޮމެންޓް