ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 22:07
އެޑަލެއިޑްގެ އިސް ފާދިރީ، ފިލިޕް ވިލްސަންއަށް ވަނޯ 12 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައި
އެޑަލެއިޑްގެ އިސް ފާދިރީ، ފިލިޕް ވިލްސަންއަށް ވަނޯ 12 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައި
ބީބީސީ
ޖިންސީ ގޯނާ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީ ގޭ ބަންދަށް ބަދަލުކޮށްފި
 
އޭނާ ބަދަލު ކުރަނީ ތިމާގެ މީހެއްގެ ގެޔަށް
 
އޭނާގެ ޖަލު ހުކުމް ވަނީ ލުއި ކޮށްދީފައި

އޮސްޓްރޭލިއާގެ ކްރިސްޓިއަން ފައްޅިއެއްގައި ފާދިރީއަކު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަން، ސިއްރުކޮށްދިނުމުން އިއްވި ޖަލު ހުކުމް ލުއި ކޮށްދީ، އޭނާ ގޭ ބަންދަށް ބަދަލު ކުރަން އޮސްޓްރޭލިއާގެ ކޯޓަކުން ނިންމައިފިއެވެ.

ކުށް ސާބިތުވުމާއެކު އަމިއްލައަށް މަޤާމުން ދުރުވާން ނިންމި އެޑަލެއިޑްގެ އިސް ފާދިރީ، ފިލިޕް ވިލްސަންގެ 12 މަސްދުވަހުގެ ޖަލުގެ ހުކުމްގެ ކޯޓުން ވަނީ، އޭނާގެ ތިމާގަ މީހެއްގެ ގޭގައި ތަންފީޒުކުރާ ގޮތް ނިންމާފައެވެ. އަދި ހަ މަސް ވުމާއެކު ކަފާލާތުގެ ދަށުން މިނިވަން ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނެކަމަށް ވެސް އެ ކޯޓުގެ ނިންމުމުގައި ވެއެވެ.

ފާރިދީ ފިލިޕްގެ ތިމާގެ މީހާގެ ގޭގައި ކުޑަ ކުދިން އުޅޭކަން އެގިފައެއް ނުވެއެވެ.

އުމުރުން 67 އަހަރުގެ ވިލްސަން އަކީ މިފަދަ މައްސަލައެއްގައި، މުޅި ދުނިޔެއިންވެސް މިހާތަނަށް ކުށް ސާބިތުވި އެންމެ އިސް ފާދިރީއެވެ.

އެ މައްސަލައިގެ ޝަރީއަތުގައި އެކަން ހިނގިކަން އެނގިފައި ނުވާކަމަށް ވިލްސަން ބުނި ނަމަވެސް، އޭރު ޖިންސީ ގޯނާގެ ޝިކާރައަކަށްވި ބައެއް ފަރާތްތަކުން ވަނީ ވިލްސަންއަށް އެ ވާހަކަތައް ކިޔައިދިން ކަމަށް ހެކިބަސްދީފައެވެ.

އެ މައްސަލައިގައި ވިލްސަން އާއި ދެކޮޅަށް ހެކިބަސްދީފައިވާ އެކަކީ 1970 އިގެ އަހަރުތަކުގައި ފައްޅީގައި އޯލްޓަރ ބޯއީއެއްގެ ގޮތުގައި އުޅުނު ޕީޓަރ ކްރެއިގެވެ. ކޯޓުގައި ކްރެއިގް ބުނެފައިވާގޮތުން، ފާދިރީ ފްލެޗަރ އޭނާއަށް ޖިންސީ ގޯނާ ކުރިތާ 5 އަހަރު ފަހުން، 1976 ވަނަ އަހަރު އޭނާ ވަނީ ވިލްސަންއަށް އެ ވާހަކަތައް ތަފްޞީލުކޮށް ކިޔައިދީފައެވެ.

ކާކުކަން ހާމަނުކޮށް ކޯޓުގައި ހެކިބަސްދިން ފަރާތަކުން ބުނީ އޭނާގެ އުމުރުން 11 އަހަރުގައި ފާދިރީ ފްލެޗަރ އޭނާއަށް ޖިންސީ ގޯނާ ކުރުމުން، އެ ވާހަކަ ވިލްސަންއަށް ކިޔައިދިން ކަމަށެވެ. ނަމަވެސް އެއީ ދޮގެއްކަމަށް ބުނެ، ވިލްސަން އޭނާއަށް އަދަބު ދީފައިވާ ކަމަށްވެސް ހެކިބަސްދިން މީހާ ވަނީ ބުނެފައެވެ.

ވިލްސަންގެ މައްޗަށް ކުށް ސާބިތުވާކަން ނިންމާފައިވާއިރު، އޭނާއަށް ޙުކުމް ކުރާނީ އަންނަ ޖޫން މަހުއެވެ. ވިލްސަންގެ ކުށަށް ބަލާއިރު، އޭނާގެ މައްޗަށް ކުރެވޭނީ ގިނަވެގެން 2 އަހަރުގެ ޖަލު ޙުކުމެކެވެ.

އެ މައްސަލައިގައި ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ބަލާނެ ކަމަށް ވިލްސަންގެ ޤާނޫނީ ޓީމުން ބުނެފައިވާއިރު، އުމުރުން 67 އަހަރުގެ ވިލްސަންއަށް ހަނދާން ނެތޭ ބަލި ޖެހުމާއި ގުޅިގެން އޭނާގެ ޤާނޫނީ ޓީމުން ވަނީ 4 ފަހަރެއްގެމަތިން މި މައްސަލަ ބާތިލްކޮށްދޭން އެދިފައެވެ.

އެ މައްސަލައިގައި ހިމެނޭ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ފާދިރީ، ޖޭމްސް ފްލެޗަރގެ މައްޗަށް 9 ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ކުށް ސާބިތުވެ އެ މައްސަލައިގައި 2004 ވަނަ އަހަރު އޭނާ ވަނީ ޖަލަށް ލާފައެވެ. އޭގެ 2 އަހަރުފަހުން 2006 ގައި އޭނާ މަރުވީ ޖަލު ޙުކުމް ތަންފީޒު ކުރަމުންދަނިކޮށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް