ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 12:34
އިކުއެޑޯގައި އަންގާރަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓް
އިކުއެޑޯގައި އަންގާރަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓް
ގޫގުލް
އިކުއެޑޯގައި ބަހެއް އެކްސިޑެން
އިކުއެޑޯގައި ބަހެއް އެކްސިޑެންޓްވެ 24 މީހުން މަރުވެއްޖެ
 
މީގެ ތިން ދުވަސް ކުރިންވެސް މިފަދަ އެކްސިޑެންޓެއް ހިނގި
 
ކުޑަ ތިން ކުދިން ވަނީ މަރުވެފައި
 
ބަސް ވަނީ ހައިވޭއިން ފުރޮޅާލައިފައި

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އިކުއެޑޯގައި ބަހެއް އެކްސިޑެންޓްވެ 24 މީހުން މަރުވެ 19 މީހުން ޒަހަމްވެއްޖެއެވެ. 

އެ ހާދިސާ ހިނގާފައި ވަނީ އެ ގައުމުގެ ވެރިރަށް ކީޓޯގެ 30 ކިލޯމީޓަރުގެ ބޭރުން، އިރުމަތީގެ ހައިވޭ އަކުންނެވެ. އެހެން ގައުމެއްގެ ލައިސަންސް ޕްލޭޓެއް ހަރުކޮށްފައި ހުރި ބަސް އެކްސިޑެންޓް ވެފައި ވަނީ އެހެން އުޅަނދެއްގައި ޖެހިގެންނެވެ. ހައިވޭގެ ތިރިއަށް ދަތުރު ކޮށްފައި ދިޔަ އެ ބަސް އެކްސިޑެންޓުވުމާއެކު ވަނީ ފުރޮޅާލައި ހައިވޭގެ ކައިރީގައި ހުރި ގެތަކެއްގެ މައްޗަށް ވެއްޓިފައެވެ. 

މި ހާދިސާގައި މަރުވެފައިވަނީ އިކުއެޑޯ، ވެނެޒުއޭލާ އަދި ކޮލޮމްބިއާއަށް ނިސްބަތްވާ މީހުންނެވެ. މަރުވި މީހުންގެ ތެރޭގައި ތިން ކުދިން ހިމެނޭކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

އާދިއްތަ ދުވަހުގެ ވަގުތެއްގައި ވެސް އެގައުމުގައި ވަނީ މިފަދަ އެކްސިޑެންޓެއް ހިނގައި 12 މީހުން މަރުވެފައެވެ. 

އިކުއެޑޯގައި މީހުން މަރުވާން ދިމާވާ އެންމެ ބޮޑު ސަބަބަކަށްވެފައި ވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. އެ ގައުމުގައި އެވަރެޖްކޮށް އެކްސިޑެންޓްތަކުގައި ދުވާލެއްގެ މައްޗަށް ހަތް މީހުން މަރުވެ 80 މީހުން ޒަހަމްވާ ކަމަށެވެ. އަދި އެކްސިޑެންޓްތަކުގެ 96 އިންސައްތަ ހިނގަނީ ފަރުވާ ކުޑަވުމުގެ ސަބަބުން ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
0%
ކޮމެންޓް