ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 20:02
ބްރިޖް ވެއްޓުނު ސަރަހައްދު
ބްރިޖް ވެއްޓުނު ސަރަހައްދު
އޭޕީ
އިޓަލީ
އިޓަލީގެ ޖެނޯއާގައި ބްރިޖެއް ވެއްޓި 22 މީހަކު މަރުވެއްޖެ
 
ބްރިޖް އިން ފްރާންސް ގެ ދެކުނު އައްސޭރިފަށަށް ވެސް ދަތުރު ކުރެވޭ

އިޓަލީގެ ސިޓީއެއް ކަމަށްވާ ޖެނޯއާ ގައި ބްރިޖެއް ވެއްޓި 22 މީހަކު މަރުވެއްޖެއެވެ. 

ހާދިސާ ހިނގީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށްވާއިރު، ބްރިޖުގައި އެވަގުތު ދުއްވަމުން ދިޔަ ވެހިކަލްތައް 295 ފޫޓު ބިމާވީ ފަޅިއަށް އަޑިއަށް ވެއްޓުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ހާދިސާ ހިނގިއިރު ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ވެއްޓުނު ސަސްޕެންޝަން ބްރިޖް ހިފަހައްޓައިދޭ އެއް ޓަވަރު މޫސުން ގޯސްވުމުގެ ސަބަބުން ވެއްޓޭތަން ފެނެއެވެ. ބްރިޖުން ވެއްޓުނު ބައިތަކާއި އަދި ވެހިކަލްތައް ވެއްޓިފައި ވަނީ ތިރިން ރޭލުދަތުރުކުރާ ރޭލު ޓްރެކަަށެވެ. 

އަންގާރަ ދުވަހު ހިނގި ހާދިސާ އާއި ބެހޭގޮތުން އިޓަލީގެ ޓްރާންސްޕޯޓު މިނިސްޓަރު ޑަނިލޯ ޓޮނިނެލީ ވިދާޅުވީ "ހިނގި ހާދިސާ ހަކީ ވަރަށް ބޮޑު ހާދިސާއެއް ކަމަަށެވެ." ހާދިސާ އާއި ބެހޭގޮތުން އިޓަލީގެ ޑެޕިއުޓީ ޓްރާންސްޕޯޓު މިނިސްޓަރު އެޑުއާޑޯ ވިދާޅުވެފައި ވަނީ "މުހިއްމު ބްރިޖެއް ވެއްޓުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި...އެ ބްރިޖް ބިނާކޮށްފައި ވަނީ ވެއްޓުން ފަދަ ހާދިސާއެއް ދިމާވެދާނެފަދަ ކަމަކުން ސަލާމަތްވެވޭނެ ގޮތަކަށް ނޫން ކަމަށެވެ." 

އިޓަލީ އަށް ދިމާވި ހާދިސާ އާއި ގުޅިގެން ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވަނީ އިޓަލީގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައެވެ. އަދި ފްރާންސް އިން އިޓާލީއަށް ކޮންމެފަދަ އެހީއެއްވެސް ދޭން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
100%
0%
0%
0%
ކޮމެންޓް