ކ. މާލެ
|
12 އޯގަސްޓް 2018 | އާދީއްތަ 19:23
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
ީއީރާނުގެ ނިއުކްލިއަރ އެއްބަސް
އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުގެ މައްސަލައިގައި އެމެރިކާއާއި ދެކޮޅަށް ނޭރުމަށް އިނގިރޭސިވިލާތަށް އިންޒާރު ދީފި
 
އިނގިރޭސިވިލާތް އޮތީ އެގްރިމެންޓް ދަމަހައްޓަން ތައްޔާރަށް

އީރާނުގެ މައްސަލައިގައި ވިލާތުގެ ޤައުމުތަކާއި ވަކިވެ، އެމެރިކާއާއި އެއްކޮޅަށް އެރުމަށް އިނގިރޭސިވިލާތަށް އެމެރިކާއިން އިންޒާރު ދީފިއެވެ.

އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވެ، ނިމިދިޔަ ހަފްތާގައި އީރާނާއި ދެކޮޅަށް އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، ވިލާތުގެ ޤައުމުތަކުން ގެންދަނީ އެއްބަސްވުން ދަމަހައްޓަން ކުރެވެން ހުރި މަސައްކަތްތަކެއް ކުރާނެކަމަށް ބުނަމުންނެވެ. މިމައްސަލައިގައި އިނގިރޭސިވިލާތަށް އިންޒާރު ދެއްވަމުން އެމެރިކާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވުޑީ ޖޯންސަން ވިދާޅުވީ އެމެރިކާއާއި ދެކޮޅަށް އިނގިރޭސިން އަރައިފިނަމަ، އެކަމުގެ ސަބަބުން އިނގިރޭސި ވިޔަފާރިތަކަށް ގެއްލުންވާނެކަމަށެވެ. 

ވުޑީ ޖޯންސަން ވިދާޅުވީ އީރާނާއި ދެކޮޅަށް ފިއްތުންތައް ވަރުގަދަކުރުމަށް އެމެެރިކާއިން މަސައްކަތްކުރަމުންދާކަމަށާއި، އެކަމުގައި އިނގިރޭސިވިލާތުން ބައިވެރިވާން ޖެހޭނެކަމަށެވެ. އަދި 2015 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާ އިސްވެ ހުންނަވައި ވިލާތުގެ ޤައުމުތަކާއި އީރާނާއިއެކު އެކުލަވާލި އެއްބަސްވުން އެއީ ބޭކާރު އެއްޗެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. 

އީރާނުގެ ނިއުކްލިއަރ އެއްބަސްވުމަކީ އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި، އީރާނުން އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމެކެވެ. ވެރިކަމަށް ކެމްޕެއިން ކުރައްވަމުން ގެންދެވިއިރުވެސް ޓްރަމްޕް ގެންދެވީ އެ އެއްބަސްވުމަށް ފާޑުވިދާޅުވަމުންނެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު އެ އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ދެއްވައި، އެންމެ ފަހުން އެއްބަސްވުމުން އެމެރިކާ ވަކިވިއެވެ. 

ނިމިދިޔަ ހަފްތާގައި އިނގިރޭސިވިލާތާއި ފަރަންސޭސީވިލާތާއި، ޖަރުމަންވިލާތުން ވަނީ ޖޮއިންޓް ސްޓޭޓްމަންޓެއް ނެރެ، އެއްބަސްވުމުގެ ރަނގަޅު ނަތީޖާ ނިކުންނަކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
67%
0%
33%
ކޮމެންޓް