ކ. މާލެ
|
26 ޖެނުއަރީ 2017 | ބުރާސްފަތި 16:22
ސައިފް އަލީ ޚާން، ކަންގަނާ ރަނާއުޓް އަދި ޝާހިދް ކަޕޫރު
ސައިފް އަލީ ޚާން، ކަންގަނާ ރަނާއުޓް އަދި ޝާހިދް ކަޕޫރު
ގޫގުލް
ބޮލީވުޑް ފިލްމު "ރަންގޫން"
ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ސީންތަކެއް ނުދެއްކޭނެ: ސެންސަރު ބޯޑް
 
ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަގުމަތިންދާ މީހުންނާއި ފޮށުމާއި، ފާރަލުމާ އެއްވަރުގެ ނުބައި ޢަމަލެއް: ސެންސަރ ބޯޑު
 
ދުންފަތުގެ އިސްތިޢުމާލު ކުރާ މަންޒަރު ދައްކާ ސީންތަކުގައި އިންޒާރެއް ހިމަނަން ޖެހޭނެ: ސެންސަރ ބޯޑު

ސަރުކާރުން އިދިކޮޅު ފަރާތްތައް ސައިޒްކޮށްފައި!

 

އަންނަ މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ރަންގޫން" ގައި އެކުލެވޭ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ މަންޒަރު ނުދެއްކޭނެ ކަމަށް ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީ.ބީ.އެފް.ސީ) އިން އަންގައިފިއެވެ.

 

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރުމަށް ރާވާފައިވާ ފިލްމުގެ ސްކްރީނިންގ އަށް ސެންސަރ ބޯޑަށް ފޮނުވުމުން ބޯޑުން ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް އެކަން އަންގާ އެފަދަ މަންޒަރުތައް ފެންނަ ސީންތައް ފިލްމުން ސެންސަރުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

ފިލްމުގެ ޓްރެއިލާރ ރިލީޒްކުރުމާ އެކު އެތައް ބައެއްގެ ފާޑުކިޔުންތައް ފިލްމަށް އަމާޒުވެގެން ގޮސްފައިވާއިރު، ޓްރެއިލާއިން އެކަނިވެސް އެފަދަ އެތައް މަންޒަރެއް ވަނީ ފެނިގެން ގޮސްފައެވެ. އަދި ޚަބަރުތައް ބުނާ ގޮތުގައި މުޅި ފިލްމުގައި ޢާއްމުކޮށް ދައްކާފައިވާ މަންޒަރުތަކަކީ ދުންފަތުގެ އިސްތިޢުމާލުކުރާ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މަންޒަރުތަކެވެ.

 

ވިޝާލް ބާރްދްވާޖް ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ 1940 ގެ އަހަރުތަކުގެ މަންޒަރުތައް ދައްކުވައިދޭ ފިލްމެކެވެ. އަދި 1940ގެ އަހަރުތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ "ފެޝަނެއް" ކަމަށް ގިނަ ބަޔަކު ދެކޭތީ، މިފިލްމުގައި ހިމެނޭ ކެރެކްޓަރތައް ޢާއްމު ގޮތެއްގައި ދުންފަތުގެ އިސްތިޢުމާލުކުރާ މަންޒަރު ފެނިގެންދެއެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ މަންޒަރުތައް ސެންސަރުކުރުމަށް ފަހު ބާކީ ހުރި މަންޒަރުތައް ދެއްކުމާ މެދު ގޮތެއް ނިންމާނީ ފިލްމު އުފެއްދި ފަރާތުން ކަމަށް ސެންސަރު ބޯޑުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، ސައިފް އަލީ ޚާނާއި ޝާހިދް ކަޕޫރުގެ އިތުރުން ކަންގަނާ ރަނާއުޓް ފެނިގެންދާ "ރަންގޫން" ގައި ހިމެނޭ ބައެއް ސީންތަކުގައި "ޤާނޫނީ އިންޒާރެއް" ދެއްކުމަށް ސެންސަރު ބޯޑުން ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް އަންގާފައެވެ.

 

ސެންސަރު ބޯޑުގެ ޗީފް ޕަހްލާޖް ނިހަލާނީއާ ޙަވާލާދީ ޚަބަރުތަކުގައި ބުނެފައިވަނީ "ރަންގޫން" ގައި ހިމެނޭ އެފަދަ ހުރިހާ މަންޒަރެއް ޑިލީޓް ކުރުމަށް ފިލްމު އުފެއްދި ފަރާތަށް އަންގާފައިވާނެ ކަމަށެވެ. އޭނާއާ ޙަވާލާދީ އިތުރަށް ބުނެފައިވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ މަންޒަރުތައް ފިލްމުތަކުގައި ހިމެނުމަކީ ސެންސަރު ބޯޑުން އެއްވެސް ޙާލެއްގައި ތާޢީދުކުރާ ކަންތައްތަކެއް ނޫން ކަމަށެވެ.

 

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އިހުގައި ފެޝަނަކަށް ވިޔަސް މިހާރު ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، މަގުމަތިންދާ މީހުންނާއި ފޮށުމާއި މީހުންނަށް ދުއްތުރާވާ ގޮތަށް ފާރަލުމާ އެއްވަރުގެ ނުބައި ޢަމަލެއް ކަމަށް ސެންސަރު ބޯޑުން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް