ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 12:01
ކުޑަކުދިންތަކެއް ގޮވައިގެން ދަތުރުކުރި ބަހަކަށް ސައުދީ ކޯލިޝަނުން ދިން ވައިގެ ހަމަލާގައި ޒަޚަމްވި ކުއްޖެއް
ކުޑަކުދިންތަކެއް ގޮވައިގެން ދަތުރުކުރި ބަހަކަށް ސައުދީ ކޯލިޝަނުން ދިން ވައިގެ ހަމަލާގައި ޒަޚަމްވި ކުއްޖެއް
ފޭސްބުކް
ސައުދީގެ ހަމަލާ
ސައުދީ ކޯލިޝަން ހަމަލާގައި 29 ކުޑަކުދިން މަރު!
 
އަރަބި ކޯލިޝަނުން ދަނީ ކުޑަކުދިންނަށް ދިން ވައިގެ ހަމަލާ ދިފާއު ކުރަމުން
 
އަރަބި ކޯލިޝަނުން ކުޑަކުދިންނަށް ދިން ވައިގެ ހަމަލާ އެތަށް ބަޔަކު ދަނީ ކުށްވެރިކުރަމުން

ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދަކުން ކުޑަކުދިންތަކެއް ގޮވައިގެން ދަތުރުކުރި ބަހަކަށް ސައުދީ ކޯލިޝަނުން ދިން ވައިގެ ހަމަލާގައި 29 ކުޑަކުއްޖަކު މަރުވެފައިވާ ކަމަށް ރެޑް ކްރޮސްއިން ބުނެފިއެވެ.

ޔަމަނުގެ އުތުރުގެ ސާދާ ޕްރޮވިންސްގެ މާރުކޭޓެއް ކައިރިން ހަމަލާ އެރި، އެ ބަސް ދަތުރުކޮށްފައި ދިޔައީ ޕިކްނިކެއް ނިންމާލުމަށް ފަހު ކުދިން ގޮވައިގެން ސްކޫލަށް ކަމަށް ސޭވް ދަ ޗިލްޑްރަން އިން ބުނެއެވެ. . ބަހަށް ވައިގެ ހަމަލާ ދިނީ މާރުކޭޓްގެ ކައިރީގައި ބަސް މަޑުކޮށްގެން ލުއި ބުއިމެއް ގަތުމަށް ޑްރައިވަރު ފިހާރަ އަށް ވަތް ވަގުތު ކަމަށް ވެއެވެ. ބަހުގައި ތިބީ 15 އަހަރުން ދަށުގެ ކުދިންނެވެ.

އަރަބި ކޯލިޝަނުން ދިން ވައިގެ މި ހަމަލާ، ޔުނިސެފުން ވަނީ ކުށްވެރި ކޮށްފައެވެ. ކުޑަކުދިންނާ ދެކޮޅަށް ހިންގާ މިފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށާއި، ހަނގުރާމައިގެ ވަގުތުތަކުގައި ވެސް ކުޑަ ކުދީންނަށް ރައްކާތެރިކަން ދޭން ޖެހޭ ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ. އެއާ އެކު ރެޑް ކޮރޮސްއިން ވެސް ވަނީ ކުދަކުދިންގެ ހައްގަކީ ކޮންމެ ފަދަ ހާލަތެއްގައި ވެސް ރައްކާތެރިކަން ފޯރު ކޮށްދޭން ޖެހޭނެ ކަމެއް ކަމަށް ބުނެފައެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ރެޑްކްރޮސްއިން ބުނީ ހެނދުނުގަޑީގައި ދިން އެ ވައިގެ ހަމަލާގައި ޖުމްލަ 50 މީހުން މަރުވެ 77 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ވެސް ރެޑްކްރޮސްއިން ބުނެއެވެ.

ޔޫއޭއީ އާއި ސައުދީ ހިމެނޭ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ. ސައުދީ ކޯލިޝަނުން ބުނީ ހޫޘީން ދަނީ ކުޑަކުދިން އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުން ކަމަށެވެ. އަދި އެ ބަޔާނުގައި ބުނެފައި ވަނީ ސައުދީ ކޯލިޝަނުން ހަމަލާ ދިން ބަސް ދަތުރު ކޮށްފައި ދިޔަ ސަރަހައްދަކީ ހޫޘީންގެ ސަރަހައްދެއް ކަމަށާއި އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް