ކ. މާލެ
|
9 އޯގަސްޓް 2018 | ބުރާސްފަތި 11:55
ަލޮމްބޮކަށް މި މަސް ފެށުނު އިރު އައި ބިންހެލުމުގައި ލިބުނު ބައެއް ގެއްލުންތައް، ބުރާސްފަތި ދުވަހު އައި ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑްގައި
ަލޮމްބޮކަށް މި މަސް ފެށުނު އިރު އައި ބިންހެލުމުގައި ލިބުނު ބައެއް ގެއްލުންތައް، ބުރާސްފަތި ދުވަހު އައި ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑްގައި
މުހައްމަދު ޝަރުހާން
ލޮމްބޮކަށް އައި ބިންހެލުން
އިންޑޮނީޝިއާގެ ލޮމްބޮކަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
 
ސުނާމީއެއް އުފެދުމުގެ ފުރުސަތު ނެތް
 
ބިންހެލުން އައިސްފައިވަނީ ބިމުގެ 12 ކިލޯމީޓަރު އަޑިން

އިންޑޮނީޝިއާގެ ލޮމްބޮކްއަށް ބުރާސްފަތި ދުވަހު އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އައިސް އިމާރާތްތަކެއް ވެއްޓިއްޖެއެވެ.

ބުރާސްފަތި ދުވަހު އައި ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑް ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައި މިވަނީ އާދީއްތަ ދުވަހު 6.9 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސް މަދުވެގެން 131 މީހުން މަރުވެ އެތައް ހާސް ގެއެއް ސުންނާފަތިވެ 156،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވަނިކޮށެވެ.

އިންޑޮނީޝިއާގެ ޖިއޮލޮޖިކަލް އޭޖެންސީން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ ބިމުގެ ވަރަށް ތިލައިން ކަމަށެވެ. ބިންހެލުން އައިސްފައިވަނީ ލޮމްބޮކްގެ އިރުއުތުރުން ބިމުގެ 12 ކިލޯމީޓަރު އަޑިންނެވެ.

މި ބިން ހެލުމާއި ގުޅިގެން ސުނާމީއެއް އުފެދުމުގެ ފުރުސަތު ނެތްކަމަށް ޖިއޮލޮޖިކަލް އޭޖެންސީން ބުނެއެވެ.

މިއީ ދެ ހަފްތާއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ލޮމްބޮކަށް އައި ބާރުގަދަ ތިންވަނަ ބިންހެލުމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް