ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 14:09
ކަރުނާނިިދީވަނީ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން 1969ން 2011 އަށް ފަސް ފަހަރެއްގެ މަތިން ކުރައްވާފައި
ކަރުނާނިިދީވަނީ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން 1969ން 2011 އަށް ފަސް ފަހަރެއްގެ މަތިން ކުރައްވާފައި
ބީބީސީ
ކަރުނާނިދީ
އިންޑިއާގެ ދުވަސްވީ ސިޔާސީ ޝަޚްސިއްޔަތު، ކަރުނާނިދީ އަވަހާރަވެއްޖެ
 
އެންމެ ފަހުން އިންތިޚާބެއްގައި ވާދަކުރައްވާފައިވަނީ 2016 ވަނަ އަހަރު
 
ކަރުނާނިދީ އަވަހާރަވެފައިވަނީ އަންގާރަ ދުވަހު

އިންޑިއާގެ ދުވަސްވީ ސިޔާސީ ޝަޚްސިއްޔަތު، މުތުވެލް ކަރުނާނިިދީ އުމުރުފުޅުން 94 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ.

އެ މަނިކުފާނު އަވަހާރަވީ އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގެ ޗެއްނާއީގައި މުސްކުޅި ބައްޔަށް ފަރުވާދެމުން ގެންދަނިކޮށެވެ.

ކަރުނާދީވަނީ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން 1969ން 2011 އަށް ފަސް ފަހަރެއްގެ މަތިން ކުރައްވައި ސަރަހައްދީ ފެންވަރުގެ ސިޔާސީ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

އެ ސްޓޭޓްގެ 13 އިންތިޚާބެއްގައި އޭނާ ވާދަކުރައްވާފައިވާއިރު އެއިން ކޮންމެ އިންތިޚާބެއް ވަނީ ކާމިޔާބުކުރައްވާފައެވެ.

މަދްރަސީ ތައުލީމް ފުރިހަމަ ނުކުރައްވައި ސުކޫލުން ވަކިވެ ވަޑައިގެންނެވި ކަރުނާނިދީ ވަނީ ތަމަޅަ ފިލްމުތަކުގެ ސްކްރިޕްޓް ލިޔުއްވުމުގައިވެސް ކާމިޔާބު ބޭފުޅެއްގެ ގޮތުގައި ވެ ވަޑައިގެންފައެވެ.

އޭނާއަށް ތާއީދުކުރާ ފަރާތްތައް ޗެއްނާއީގެ މަގުތަކަށް ޖަމާވެފައިވާއިރު ހަމަނުޖެހުމެއް ހިނގާފާނެކަމަށްޓަކައި ފުލުހުންވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

ކަރުނާނިދީ އަވަހާރަވެފައިވަނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:10 ގައި ޗެއްނާއީގެ ކައުވެރީ ހޮސްޕިޓަލުގައެވެ.

މަރުވުމާއި ހަމައަށްވެސް އޭނާއީ ސިޔާސީ ދާއިރާގައި ހަރަކާތްތެރި ބޭފުޅެކެވެ. އެންމެ ފަހުން އިންތިޚާބެއްގައި ވާދަކުރައްވާފައިވަނީ 2016 ވަނަ އަހަރު އޭނާގެ ޒަމާންވީ ވާދަވެރިޔާ އަދި އެ އަހަރު ދުނިޔެ ދޫކުރި ޖަޔަރަމް ޖަޔަލަލީތާއާއެވެ.

ވަކި ދީނެއް ގަބޫލުނުކުރާ ކަރުނާނިދީ ސިޔާސީ ދާއިރާއިން މަގުބޫލުކަން ހޯދަން ފެށީ 1940 ގެ ތެރޭގައި ދްރަވިދާން ހަރަކާތުގެ ތެރެއިންނެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
50%
50%
0%
0%
0%
ކޮމެންޓް