ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 09:04
ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާގެ ބޮލިވަރ ސްކްއެއަރގައި އިވަން ދޫކޭ ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ތަގުރީރުކުރައްވަނީ
ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާގެ ބޮލިވަރ ސްކްއެއަރގައި އިވަން ދޫކޭ ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ތަގުރީރުކުރައްވަނީ
އޭއެފްޕީ
ކޮލަމްބިއާގެ އިންތިޚާބު
ކޮލަމްބިއާގެ އާ ރައީސް ދޫކޭ މަގާމުގެ ހުވާކުރައްވައިފި
 
42 އަހަރުފުޅުގެ ދޫކޭއަކީ ކޮލަމްބިއާގެ އެންމެ ޒުވާން ރައީސް
 
ދޫކޭ އަށް  54 އިންސައްތަ ވޯޓް ލިބިވަޑައިގެންނެވި

ކޮލަމްބިއާގައި ބައި ގަރުނަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ދާޚިލީ ހަމަނުޖެހުން ހުއްޓާލުމަށް ވެވުނު ތާރީޚީ އެއްބަސްވުމަށް ފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ކޮންޒަވޭޓިވް ކެނޑިޑޭޓް އިވަން ދޫކޭ މަގާމުގެ ހުވާ ކުރައްވައިފިއެވެ.

އިންތިޚާބުގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާއިރު އަންގާރަ ދުވަހު ހުވާކުރެއްވި ދޫކޭ ވަނީ ގައުމު އެއްބައިވަންތަވެ އިގްތިސާދު ކުރިއެރުވުމަށް ގޮވާލައްވާފައެވެ.

ޖޫން މަހު ބޭއްވި އިންތިޚާބު ދޫކޭ ކާމިޔާބުކުރެއްވިއިރު އެ މަނިކުފާނާއި އެއްމެ ގާތުންވާދަކުރައްވާފައިވަނީ ވާތު ފިޔައިގެ ކެނޑިޑޭޓް ގުސްތާވޯ ޕެޓްރޯއެވެ.

ދޫކޭ އަށް 54 އިންސައްތަ ވޯޓް ހޯއްދަވާފައިވާއިރު ގުސްތާވޯ ޕެޓްރޯއަށް ލިބިވަޑައިގެންފައި ވަނީ 42 އިންސައްތަ ވޯޓެވެ.

މީގެ ކުރިން ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ދޫކޭ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންވަނީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތަށާއި އިގްތިސާދަށް އާރޯކަން ގެނައުމަށް ބަދަލުތަކެއް ގެންނަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ކޮލަމްބިއާގެ ކުރީގެ ހަނގުރާމަވެރި ޖަމާއަތް ފާކް އާއިއެކު ހަދާފައިވާ ސުލްހައިގެ އެއްބަސްވުމަށްވެސް ބަދަލު ގެންނަވާނެކަމަށް އާ ރައީސް ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ދައުރު ހަމަކުރައްވައި މަގާމުން ވަކިވެ ވަޑައިގަންނަވާ ރައީސް ހުއާން މެނުއެލް ސަންތޯސްވަނީ ފާކް ޖަމާއަތާއިއެކު އޮތް ބައިގަރުނުވީ ހަނގުރާމަ ހުއްޓާލުމަށް 2016 ވަނަ އަހަރުވީ ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމަ ކުރެއްވުމަށް އައު ރައީސް ދޫކޭގެ އަރިހުން އެދިވަޑައިގެންފައެވެ.

ކޮލަމްބިއާގެ ސަރުކާރުގެ މަދަދާ އެކު ހަތިޔާރު ހިފައިގެން ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރި ކަނާތުފިޔައިގެ ފަރާތްތަކާއި ފާކް ޖަމާއަތާ މެދު ބައި ގަރުނަށް ދެމިގެންދިޔަ ހަމަނުޖެހުންތަކުގައި 260،000 މީހުން މަރުވިއެވެ.

ސުލްހައިގެ އެއްބަސްވުމަށްފަހު ފާކް ޖަމާއަތުގެ ދިގު ގޮތަކަށް ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާގެ ބަދަލުގައި މިހާރު  ބޭނުންކުރަނީ ރިވޮލިއުޝަނަރީ އޯލްޓަރނޭޓިވް ފޯސް އޮފް ދި ކޮމަން ޕީޕްލްއެވެ.

އެ ޖަމާއަތްވަނީ ސިޔާސީ ޕާޓީއަކަށް ބަދަލުވެ ކޮލަމްބިއާގެ ގާނޫނުހަދާ މަޖިލީހުން ގޮނޑި ކަށަވަރުކޮށް ސިޔާސީ މައިދާނުން ޖާގަ ހޯދާފައެވެ.

އުމުރުފުޅުން 42 އަހަރުފުޅުގެ ދޫކޭއަކީ ކޮލަމްބިއާގެ ވެރިކަމަށް ވަޑައިގެންނެވި އެންމެ ޒުވާން ރައީސެވެ.

ރައީސް ކަމުގެ މަގާމަށް ވާދަކުރެއްވުމަށް ޕާޓީގެ ފަރާތުން އޭނާ ހޮއްވަވާފައިވަނީ އެ ޕާޓީގެ ފައުންޑަރ އަދި 2002 ން 2010 އަށް އެގައުމުގެ ރައީސްގެ މަގާމު ފުރުއްވާފައިވާ އަލްވަރޯ އުރީބެ ވެލެޒްއެވެ.

ދޫކޭގެ ރަނިންގ މޭޓެއްގެ ގޮތުގައި ވަޑައިގެންނެވި މާތާ ލޫސިއާ ރަމިރޭޒް ވަނީ އެ ގައުމުގެ ފުރަތަމަ އަންހެން ނައިބް ރައީސްއަށް ވެ ވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް