ކ. މާލެ
|
25 ޖެނުއަރީ 2017 | ބުދަ 16:35
ލާ ލާ ލޭންޑް ވަނީ 14 ކެޓެގަރީއަކުން ނޮމިނޭޓްވެފައި
ލާ ލާ ލޭންޑް ވަނީ 14 ކެޓެގަރީއަކުން ނޮމިނޭޓްވެފައި
ގޫގުލް
އޮސްކާ އެވޯޑްސް 2017
އެންމެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވެފައިވަނީ ލާ ލާ ލޭންޑް
 
"ލާ ލާ ލޭންޑް" އިން ވަނީ ފިލްމު "ޓައިޓޭނިކް" ގެ ރެކޯޑު މުގުރާލާފައި
 
ފިލްމު "މޫންލައިޓް" ގެ އިތުރުން "އެރައިވަލް" ވަނީ 8 އެވޯޑަށް ނޮމިނޭޓްވެފައި

އެކެޑެމީ އެވޯޑްސް ނުވަތަ 89 ވަނަ އޮސްކާ އެވޯޑްސްގެ ނޮމިނޭޝަންތައް އިޢުލާންކޮށްފިއެވެ.

 

ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮސްކާ އެވޯޑްސްގައި މިއަހަރު އެންމެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވެފައި ވަނީ ޑެމިއަން ޝަޒަލް ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް މިއުޒިކަލް ކޮމެޑީ-ޑްރާމާ ފިލްމު "ލާ ލާ ލޭންޑް" އެވެ. ރަޔަން ގޮސްލިން އާއި އެމާ ސްޓޯން ލީޑް ރޯލުން ފެނިގެންދާ މިފިލްމު ވަނީ 14 ކެޓެގަރީއަކުން ނޮމިނޭޓްވެފައެވެ. މިއާއެކު މިފިލްމު މިވަނީ "ޓައިޓޭނިކް" އަދި "އޯލް އެބައުޓް އީވް"ގެ ރެކޯޑުތައް ވެސް މުގުރާލާފައެވެ. "ޓައިޓޭނިކް" ވަނީ 13 ކެޓެގަރީއަކުން ނޮމޭޓްވެ، 10 އޮސްކާ އެވޯޑް ޙާޞިލްކޮށްފައެވެ.


އޮސްކާ ޑޮޓް ކޮމް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ލައިވްސްޓްރީމް ކުރެވުނު އޮސްކާ ނޮމިނޭޝަންސްގައި ދެން އެންމެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވެފައި ވަނީ ސައިންސް ފިކްޝަން ފިލްމު "އެރައިވަލް" އާއި ބެރީ ޖެންކިންސް ޑައިރެކްޓްކޮށްފައިވާ ޑްރާމާ ފިލްމު "މޫންލައިޓް" އެވެ. މި ދެ ފިލްމު ވެސް ވަނީ އަށް ކެޓެގަރީއަކުން އެވޯޑުތަކަށް ނޮމިނޭޓްވެފައެވެ.

 

މީގެ އިތުރުން މެލް ގިބްސަން ޑައިރެކްޓްކޮށްފައިވާ ފިލްމު "ހޮކްސޯވ ރިޖް" އާއި ގާތް ޑޭވިސް ޑައިރެކްޓްކޮށްފައިވާ ފިލްމު "ލަޔަން" ގެ އިތުރުން މެޓް ޑޭމަން ޕްރޮޑިއުސްކޮށް ކެނެތް ލޯގަން ޑައިރެކްޓްކޮށްފައިވާ ފިލްމު "މެންޗެސްޓާ ބައި ދަ ސީ" ވަނީ ހަ ކެޓެގަރީއަކުން ނޮމިނޭޓްވެފައެވެ.

 

މިއަހަރުގެ އޮސްކާ އެވޯޑް ޙަފްލާ ލޮސް އެންޖެލީސްގެ ހޮލީވުޑް ޑޮލްބީ ތިއޭޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޙަފްލާ ހޮސްޓްކޮށްދިނުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ މަޝްހޫރު ކޮމީޑިއަން ޖިމީ ކިމެލްއެވެ.

 

ނިމިދިޔަ އަހަރު ނެރުނު އެންމެ މޮޅު ފިލްމުތަކުގެ އިތުރުން ފިލްމީ ދާއިރާގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ އޮސްކާ އެވޯޑްސްގައި 24 ކެޓެގަރީއަކުން އެވޯޑުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް