ކ. މާލެ
|
25 ޖެނުއަރީ 2017 | ބުދަ 16:12
ފިލްމު "އިރާދާ" ގެ މަންޒަރެއްގައި ނަސީރުއްދީން ޝާހާ އެކު އަރްޝަދު ވާރްސީ
ފިލްމު "އިރާދާ" ގެ މަންޒަރެއްގައި ނަސީރުއްދީން ޝާހާ އެކު އަރްޝަދު ވާރްސީ
ގޫގުލް
ބޮލީވުޑް
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
 
ފިލްމު އަންނަ މަހު 17 ގައި ރިލީޒްކުރަނީ
 
ފިލްމުގެ ޓްރެއިލާ މިހާރު ވަނީ ރިލީޒްކޮށްފައި

ނިޝާންތު ޓްރިޕާތީ ޑައިރެކްޓްކޮށް މިއަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ރިލީޒްކުރުމަށް ރާވާފައިވާ ފިލްމު "އިރާދާ" ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

 

އަރްޝަދް ވާރްސީއާއި ނަސީރުއްދީން ޝާހު ލީޑް ރޯލުން ފެނިގެންދާ "އިރާދާ" ގައި ދިވްޔާ ދައްތާ ވެސް ފެނިގެންދާނެއެވެ.

 

ނަސީރުއްދީން ޝާހާއި އަރްޝަދު ވާރްސީ އެކުއެކީގައި މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2010 ވަނަ އަހަރު ނެރުނު ފިލްމު "އިޝްޤިޔާ" އާއި 2014 ވަނަ އަހަރު ނެރުނު އިޝްޤިޔާ ސީރީޒްގެ ދެވަނަ ފިލްމު "ދޭދޭ އިޝްޤިޔާ" ހިމެނެއެވެ.

 

މިދެ ފަންނާނުން އެކީގައި ފެނިގެންދާ ތިންވަނަ ފިލްމު "އިރާދާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

 

އިންޑިޔާގެ ވިޔަފާރިވެރިއެއްގެ ފެކްޓްރީގައި ހިނގާ ބޮމުގެ ޙާދިސާއެއް ތަޙުޤީޤު ކުރުމުގެ ތެރެއިން ފެންމަތިވާ ތަފާތު ކަންތައްތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މިފިލްމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް