އާދީއްތަ 17 ނޮވެންބަރު 2019
04 ނޮރަ
1441 ރަބީއުލް އައްވަލް 20
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06
ސިއްހަތު - ނަން ހަނދާން ނެތުން

މީހެއްގެ ނަން ހަނދާން ނެތެނީ ކީއްވެ؟

  • މިއީ މަދުން ނަމަވެސް ބައެއް މީހުންނަށް ދިމާވާ ކަމެއް
  • މިގޮތަށް ދިމާވަނީ ކީއްވެ؟
  • ނަން ހަނދާނުގައި ބަހައްޓާނީ ކިހިއްނެތް؟

ރިޒުނާ ޒަރީރު
RiznaZareer

ކ. މާލެ 28 ޖުލައި 2018 | ހޮނިހިރު 23:55 26,418

މީހެއްގެ ނަން ހަނދާން ނެތުމަކީ ދިމާވާ ކަމެއް - ގޫގުލް

ތަފާތު މީހުންނާއި ކޮންމެ ދުވަހަކު ބައްދަލުވެ އެކަކު އަނެކަކަށް ތަޢާރަފުވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. އެހެން ނަމަވެސް އެގޮތަށް ބައްދަލުވެ އެކަކު އަނެކަކުގެ ނަން ބުނެ ތަޢާރަފްވުމަށް ފަހު އިރުކޮޅެއްގެ ތެރޭގައި އެބައްދަލުވި މީހާގެ ނަން ހަނދާން ނުހުންނަ ގޮތް ވުމަކީ މަދުން ނަމަވެސް ބައެއް މީހުންނަށް ދިމާވާ ކަމެކެވެ.

މިގޮތަށް ތިޔައިގެ ތެރެއިން ކިތައް މީހުންނަށް ދިމާވެފައި ވޭތޯ؟ މިގޮތަށް ދިމާވެފައި ހުރި މީހުންނަށް، އެހެން އެ ދިމާވަނީ ކީއްވެތޯ އޮޅުން ފިލުވައިދޭ ނަމެވެ.

މިއީ މައްސަލައެއްގެ ގޮތުގައި ސިފަކުރާއިރު މިކަމުގައި ފާހަގަކޮށްލެވޭ ކަންތައްތަކެއް އެބަހުރި ކަމަށް ޔުނިވާރސިޓީ އޮފް ކެލިފޯނިއަރގެ، މެމޮރީ އެންޑް ޕްލާސްޓިސިޓީ ޕްރޮގްރާމްގެ ޑިރެކްޓަރ ޗަރަން ރަންގަނާތް ވިދާޅުވެފައިވެއެވެ.

  • މިގޮތަށް ދިމާވަނީ ކީއްވެ؟

މީހަކާއި ބައްދަލުވެ އެމީހެއްގެ ނަން ދެން ފަހުން ހަނދާން ނެތޭ އެންމެ ބޮޑު ސަބަބަކީ އެކަމަށް ޝައުޤުވެރިކަން ނެތުން ކަމަށް ރަންގަނާތު ވިދާޅުވިއެވެ. މީހުންނަކީ އަބަދުވެސް އައު ކަންތައްތައް ދަސްކުރަން މަސައްކަތްކުރާ ބަޔަކަށްވާއިރު، ބައެއް ފަހަރު މިގޮތަށް އަަލަށް ދިމާވާ މީހުންގެ ނަން ހަނދާނުގައި ބެހެއްޓުމަކީ ބައެއް މީހުންނަށް އެހާ މުހިއްމު ކަމަކަށް ނުވެއެވެ. އަދި އެގޮތަށް މީހަކާއި ބައްދަލުވެ ތަޢާރަފްވާ ވަގުތު އެއީ މުހިއްމު ކަމެއް ކަމަށް ދެކިއްޖެ ނަމަ، އެވަގުތު ހިނގާދިޔަ ހުރިހާ ކަމެއްވެސް ހަނދާނުގައި ހަރުލާފައި ހުންނާނެއެވެ.

އެކަމަކު މިއީ އާންމުކޮށް ދިމާވާ ކަމެއް ނޫނެވެ. އެގޮތުން ބައެއް މީހުންނަކީ ކަންކަން ހަނދާންކުރަން ބޭނުން ނުވާ ބަޔަކަށްވުމުން މިކަހަލަ ކުދި ކުދި ހަނދާންތައް ސިކުނޑިން ފޮހެލެވޭ ގޮތްވެއެވެ. މިގޮތަށް ދިމާވާން ޖެހޭ ސަބަބަކީ، ނަމަކީ ހަނދާނުގައި ބަހައްޓަން ފަސޭހަ އެއްޗެއް ކަމަށް ގިނަ ފަހަރަށް ޤަބޫލުކުރެވި، އެހެން ކަންކަމަށް އިސްކަންދެވޭ ވަރު އިތުރުވުމުންނެވެ.

އަދި ބައެއް ފަހަރު އާއްމުކޮށް ކިޔައި އުޅޭ ނަންތައް ހަނދާން ނެތެން ފަސޭހަވަނީ އެއީ އެހާވަރަށް ސިކުނޑިއަށް ނަގައިނުގަންނަ ނަމަކަށްވާތީއާއި، އެއް ނަމެއް ކިޔާ އެތައް މީހުންނެއް އުޅޭތީ ކަމަށް ރަންގަނާތް ވިދާޅުވެފައިވެއެވެ.

 

  • ނަން ހަނދާނުގައި ބަހައްޓާނީ ކިހިއްނެތް؟

ނޯޓް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ރަންގަނާތް ވިދާޅުވިއެވެ. އެގޮތުން މީހާގެ ވައްޓަފާޅިއާއި އޭނާއަށް ކިޔައި ނަމާއި ގުޅުވާއިލުމަކީވެސް އެނަމެއް ހަނދާނުގައި ހުންނަން ފަސޭހަވެގެންދާ ކަމެކެވެ. އަދި އާންމުކޮށް ކިޔައި އުޅޭ ނަންތަކުގެ ތެރޭގައި ޖޯން ކިޔައި މީހަކަށް އޭނާގެ ނަމާއި ގުޅުވާލާފައި އެހެން ނަމެއް ކިޔުމަކީ އެކަމުންވެސް ނަން ހަނދާނުގައި ހުންނާނެ ކަމެކެވެ.

އަނެއްކަމަކީ އާންމުކޮށް ކިޔައި އުޅޭ ނަންތަކާއި ތަފާތު ނަމެއް އަޑު އިވިއްޖެނަމަ އެނަމެއް ހަނދާނުގައި ބެހެއްޓުމަށް ސިކުނޑިން ވެސް ޖާގައެއް އޭގެ އަމިއްލަ ޒާތުގައި ހުސްކުރެއެވެ. މިގޮތަށް ދިމާވުމުން އެފަދަ ނަމެއް ކިތަންމެ ގިނަ ދުވަހެއް ވަންދެންވެސް ހަނދާނުގައި ހަރުލާފައި ހުންނަ ގޮތްވެއެވެ.

އަދި އަމިއްލައަށް މިގޮތަށް ޓެސްޓް ކޮށްލުމުގެ ގޮތުން އަލަށް ދިމާވާ މީހަކާއި ވާހަކަދައްކާލުމަށް ފަހު އެމީހެއްގެ ނަން ނޯޓް ކޮށްލަންވާނެއެވެ. އަދި އިރުކޮޅެއްފަހުން ނަން ހަނދާންކޮށްލަން އަމިއްލައަށް މަސައްކަތް ކޮށްލާށެވެ. މިގޮތަށް ކަންތައްކުރުމުން އަމިއްލަ މީހާއަކީ ކަންކަން ހަނދާނުގައި ހުންނަ މީހެއްކަން ނުވަތަ ނޫންކަން އިނގޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް