ކ. މާލެ
|
24 ޖެނުއަރީ 2017 | އަންގާރަ 16:32
ކުންގް ފޫ ޔޯގާ ގެ ޕޯސްޓަރެއް
ކުންގް ފޫ ޔޯގާ ގެ ޕޯސްޓަރެއް
ގޫގުލް
"ކުންގް ފޫ ޔޯގާ"ގެ ޕްރޮމޯޝަން
ޖެކީ ޗެން މުމްބާއީ އަށް
 
އިންޑިޔާގައި ފިލްމު ރިލިޒްކުރާނީ އަންނަ ފެބްރުއަރީ މަހުގެ ތިނެއްގައި
 
މިމަހު 26 ވަނަ ދުވަހު ފިލްމު ޕްރިމިއަރ ކުރަނީ ސިންގަޕޫރުގައި

ސްޓޭންލީ ޓޮންގް ޑައިރެކްޓްކުރާ ފިލްމު "ކުންގް ފޫ ޔޯގާ" ގެ ޕްރޮމޯޝަނަށް ފިލްމުގެ ލީޑް އެކްޓަރު ޖެކީ ޗެން މުމްބާއީއަށް ގޮއްސިއެވެ.

 

މިމަހުގެ 26 ވަނަ ދުވަހު ޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވާ މިފިލްމަކީ، އެކި ބަސްތަކުން ވާހަކަ ދައްކާ "މަލްޓި ލިންގުއަލް" އެކްޝަން-އެޑްވެންޗަރ ކޮމެޑީ ފިލްމެކެވެ.

 

ޗައިނާ އަދި އިންޑިޔާގެ ކޯ ޕްރޮޑަކްޝަނެއް ކަމަށްވާ މިފިލްމަކީ ޗައިނާ އާއި އިންޑިޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދެޤައުމުގެ ތަރިން ހިމަނައިގެން ނެރުމަށް ނިންމާފައިވާ ތިން ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމެވެ.

 

ޖެކީ ޗެންގެ އިތުރުން އިންޑިޔާގެ އެކްޓަރު އަދި މޮޑެލް ސޯނޫ ސޫދު އާއި، ދިޝާ ޕަޓާނީގެ އިތުރުން އަމީރާ ދަސްތޫރު ފެނިގެންދާ މިފިލްމު 26 ވަނަ ދުވަހު ސިންގަޕޫރުގައި ޕްރިމިއާރ ކުރުމަށް ފަހު ޗައިނާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އިންޑިޔާގައި ފިލްމު ރިލީޒްކުރާނީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

 

"ކުންގް ފޫ ޔޯގާ" ގެ ޕްރޮމޯޝަން ޙަރަކާތްތަކަށް ޖެކީ ޗެންއާ އެކު ފިލްމުގެ ޓީމު އިންޑިޔާއަށް ގޮސްފައިވާއިރު، ޕްރޮމޯޝަނަލް އިވެންޓަށް ދިއުމުގެ ކުރިން ކަޕިލް ޝަރްމާ ޝޯވގެ ޚާއްޞަ އެޕިސޯޑެއްގައި ޖެކީ ޗެން ބައިވެރިވި ކަމަށް ޚަބަރުތައް ބުނެއެވެ. ފިލްމުގެ އެހެން ބައެއް ތަރިން ވެސް ބައިވެރިވި މި ޝޯވއަށް ފަހު އެ ޓީމުން ވަނީ މުމްބާއީގައި އޮތް ޚާއްޞަ ޙަފްލާއަކަށް ގޮސްފައެވެ.

 

ބޮޑު ކާސްޓެއް ހިމަނައިގެން އުފައްދާފައިވާ މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ބެއިޖިންގ އާއި، ދުބާއީގެ އިތުރުން އިންޑިޔާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި