ކ. މާލެ
|
22 ޖެނުއަރީ 2017 | އާދީއްތަ 19:25
އަމާނާތުގެ ބަތަލާ ޖަމްޝީދާ އަހުމަދު
އަމާނާތުގެ ބަތަލާ ޖަމްޝީދާ އަހުމަދު
ގޫގުލް
ދިވެހި ފިލްމް
19 އަހަރަށް ފަހު "އަމާނާތް" އޮލިމްޕަހުގައި އަޅުވަނީ
 
އަތޮޅު ތެރޭގައިވެސް ފިލުމް ދެއްކުމަށް ހަމަޖެހިފައިވޭ
 
މާލޭގައި ޖުމްލަ 5 ޝޯވ އެޅުވުމަށް ހަމަޖެހިފައިވޭ
 
އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ގައި

ގިނަ ބައެއްގެ މަގްބޫލް ކަން ހޯދަފައިވާ ދިވެހި ފިލްމް "އަމާނާތް" 19 އަހަރަށް ފަހު ދިވެހި އޮލިމްޕަހުގައި އެޅުވުމަށް ހަމަޖައްސައިފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމުގެ ޕްރޮޑިއުސަރ މުހައްމަދު ނިޔާޒް (ޓެޑްރީ) ބުނީ އަމާނަތް އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ގައި ކަމަށެވެ. އަދި އެ ތާރީޚަކީ 1998 ވަނަ އަހަރު އަމާނާތް ޕްރިމިއަރ ކުރި ތާރީޚް ކަމަށް އޭނާ ބުންޏެވެ.

މާލޭގައި ޖުމްލަ 5 ޝޯވ އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޓިކެޓް ވިއްކުން މިމަހުގެ ފަހު ކޮޅުގައި ފަށާނެ ކަމަށް ޓެޑްރީ ބުންޏެވެ.

ފިލްމް އެވޯޑްސްގައި 12 އެވޯޑްސް ލިބިފައިވާ  އެޓާނަލް ޕިކްޗާރަސްގެ މި ފިލްމް އަލުން އޮލިމްޕަހުގައި އެޅުވުމަށް ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި ޚާއްސަކޮށް މިހާރުގެ ގިނަ ކުދިންގެ އެދުމުގެ މަތިން ކަމަށް ޓެޑްެރީ ބުންޏެވެ.

މި ފިލުމް މިދިޔަ އަހަރު ވެސް އޮލިމްޕަހުގައި އެޅުވުމަށް މަސައްކަތްކުރި ނަމަވެސް އިލިމްޕަސް ލިބުމުގައި ދިމާވި ދަތި ކަމެއްގެ ސަބަބުން ފިލްމް އޭރު އެޅުވިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

މާލެގެ އިތުރުން އަތޮޅު ތެރޭގައިވެސް ފިލުމް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ޓެޑްރީ ބުންޏެވެ.

އެގޮތުން މި ފިލްމް ރަށްރަށުގައި ދައްކަން ބޭނުން ފަރާތްތަކުން 7764744 އަށް ގުޅުމުން ހަމަޖެހިގެންދާނެ ކަމަށް ޓެޑްރީ ބުންޏެވެ.

ފިވެހި ފިލްމް ދެރިޔާއިން ވިދާލި އަލީ ހާލިދު އާއި ޖަމްޝީދާ އަހުމަދު އަދި ފާތިމަތި ރަމީޒާ  ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ ހިންދީ ފިލްމް މައުސޫމް އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް