ކ. މާލެ
|
17 ޖެނުއަރީ 2017 | އަންގާރަ 16:29
ސަންޖޭ ދަތުގެ ބަޔޮޕިކްގައި ރަންބީރާއެކު އަނުޝްކާ، ސޯނަމް ކަޕޫރު އަދި ދިއާ މިރްޒާ ލީޑް ރޯލުން ފެނިގެންދާނެ
ސަންޖޭ ދަތުގެ ބަޔޮޕިކްގައި ރަންބީރާއެކު އަނުޝްކާ، ސޯނަމް ކަޕޫރު އަދި ދިއާ މިރްޒާ ލީޑް ރޯލުން ފެނިގެންދާނެ
ގޫގުލް
ސަންޖޭ ދަތު
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
 
ސަންޖޭގެ ބަޔޮޕިކްގައި ރަންބީރު ޙަރަކާތްތެރިވާއިރު، "ޓައިގާ ޒިންދާ ހޭ" ގައި ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ޙަރަކާތްތެރިވޭ
 
ދެ ފިލްމު އެއް ތާރީޚެއްގައި ރިލީޒްކޮށްފިނަމަ "ކޯޅުންގަނޑެއް" އުފެދިދާނެ ކަމަށް ބެލެވޭ

ބޮލީވުޑްގައި އެއްދުވަސްވަރެއްގައި ރަސްކަންކުރި ފަންނާނެއް ކަމަށްވާ ސަންޖޭ ދަތުގެ ދިރިއުޅުމުގެ މައްޗަށް ފިލްމެއް އުފައްދާ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ސަންޖޭ ދަތުގެ ދިރިއުޅުމުގެ މައްޗަށް ފިލްމު ޕްރޮޑިއުސަރު ރާޖްކުމާރު ހިރާނީ އުފައްދާ ފިލްމު މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށް ބުނެފައިވާއިރު، ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ކްރިސްމަސް ޗުއްޓީއާ ދިމާކޮށް ޑިސެމްބަރު މަހުގެ ތެރޭގައެވެ. "ޓައިގަރ ޒިންދާ ހޭ" ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، އަލީ އައްބާސް ޑައިރެކްޓްކުރާ މިފިލްމުގައި ސަލްމާނާއެކު ހަރަކާތްތެރިވަނީ ސަލްމާން އަދި ރަންބީރް ކަޕޫރުގެ ވެސް ކުރީގެ ލޯބިވެރިއެއް ކަމަށްވާ ބޮލީވުޑްގެ ބަޠަލާ ކެޓްރީނާ ކައިފްއެވެ.

 

ކެޓްރީނާ އާއި ސަލްމާން ލީޑްރޯލު ކުޅޭ ފިލްމު "ޓައިގާ ޒިންދާ ހޭ" އާއި އެއްދުވަހެއްގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ ސަންޖޭ ދަތުގެ ބަޔޮޕިކްގައި ރަންބީރް ކަޕޫރާއެކު އަނުޝްކާ ޝަރްމާ އާއި، ސޯނަމް ކަޕޫރުގެ އިތުރުން ދިއާ މިރްޒާ ފެނިގެންދާނެއެވެ. ސަންޖޭގެ ބަޔޮޕިކްގެ މަންޒަރުތައް ނަގަން މިހާރު ފަށާފައިވާއިރު، ދިއާ މިރްޒާ ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް މިކަން ހާމަކޮށްފައެވެ.

 

މި ދެފިލްމުގައި ހިމެނޭ ކާސްޓުންނަށް ވުރެ ބޮޑަށް ގިނަ ބަޔަކު ސުވާލު އުފައްދަނީ ދެ ފިލްމު އެކުއެކީގައި ރިލީޒްކުރުމުން ނިކުމެދާނެ ނަތީޖާއަކާ ދޭތެރޭގައެވެ. ސަބަބަކީ ދެ ފިލްމު ވެސް ޑިސެމްބަރު މަހު ރިލީޒްކުރަން ދެ ފިލްމުގެ ވެސް ޕްރޮޑަކްޝަން ޓީމުން ނިންމާފައިވާއިރު، "ޓައިގާ ޒިންދާ ހޭ" ޑިސެމްބަރު 22 ގައި ރިލީޒްކުރުމަށް މިހާރުއްސުރެ ތާރީޚު ބްލޮކް ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނާތީއެވެ. އަދި ހަމަ އެ ދުވަހާ ދިމާކޮށް ސަންޖޭ ދަތުގެ ބަޔޮޕިކް ރިލީޒްކޮށްފި ނަމަ މިއީ މިއަހަރު ތެރޭގައި ބޮލީވުޑްގައި އުފެދޭނެ އެންމެ ބޮޑު އެއް "ކޯޅުމަށް" ވެގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

 

"ޓައިގާ ޒިންދާ ހޭ" އަކީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ސަލްމާނާއި ކެޓްރީނާ އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އެހެންކަމުން މިފިލްމާ ދޭތެރޭ ބެލުންތެރިންގެ އުއްމީދުތައް ވަރަށް ވެސް ފޮންޏެވެ. ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަމަކީ މިއީ ރަންބީރް ކަޕޫރާއި ކެޓްރީނާ ކައިފް ތަފާތު ދެ ފިލްމެއްގައި ޙަރަކާތްތެރިވެ، އެ ދެފިލްމު އެއް ތާރީޚެއްގައި ރިލީޒްކުރާ ފުރަތަމަ ފަހަރު ވެސް މެއެވެ.

 

ސަންޖޭ ދަތުގެ ބަޔޮޕިކްގެ މަސައްކަތްތައް ފެށުމުގެ ކުރިން ރާޖްކުމާރް ހިރާނީ ވަނީ "މުންނާ ބާއީ 3" ގެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އެފިލްމަށް ވުރެ އިސްކަމެއް ބަޔޮޕިކަށް ދީގެން މިއަހަރު ތެރޭގައި ރިލީޒްކުރުމަށް ރާވާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެއެވެ.

 

ވިނޯދް ޗޯޕްޅާ ޕްރޮޑަކްޝަންސްއިން އުފައްދާ "މުންނާ ބާއީ" ސީރީޒްގެ ދެފިލްމެއް މިހާތަނަށް ފެނިގެން ގޮސްފައިވާއިރު ތިން ވަނަ ފިލްމު ރިލީޒްކުރާނެ ކަމަށް ބުނެފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މިފިލްމުގެ މަސައްކަތް ފަށާނެކަން އިޢުލާންކޮށްފައިވަނީ ފާއިތުވި އަހަރުގެ ފެބްރުއަރީ މަހު ސަންޖޭ ޖަލުން މިނިވަންވުމާއެކުއެވެ. ސަންޖޭ ޖަލަށް ލާފައިވަނީ 1993 ވަނަ އަހަރު ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ، 2013 ވަނަ އަހަރުގައެވެ.

 

ސަންޖޭ ޖަލުން މިނިވަންވެގެން ނުކުތް ވަގުތު ބަޔޮޕިކްގައި ހިމެނުމަށްޓަކައި އެ މަންޒަރު ފިލްމުގެ ޓީމުން ވަނީ ކެމެރާގައި ރައްކާކޮށްފައެވެ. ސަންޖޭ ޖަލުން މިނިވަންވެގެން ނުކުތް ވަގުތު ބަޔޮޕިކްގައި ހިމެނުމަށްޓަކައި އެ މަންޒަރު ފިލްމުގެ ޓީމުން ވަނީ ކެމެރާގައި ރައްކާކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް