ކ. މާލެ
|
16 ޖެނުއަރީ 2017 | ހޯމަ 21:23
ކެމެރާމަނެއް ކެމަރާކުރަނީ
ކެމެރާމަނެއް ކެމަރާކުރަނީ
ގޫގުލް
ކުރު ފިލްމް މުބާރާތް
ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
 
ބައިވެރިކުރާ ފިލުމްތަކުގެ ދިގު މިނަކީ ތިން މިނެޓާއި ދިހަ މިނެޓް
 
ފިލްމްތައް 31 މާރޗްގެ ކުރިން ރާއްޖެ ޓީވީގެ ރިސެޕްޝަނުން ބަލައިގަންނާނެ
 
ބެސްޓް ފިލްމަކަށް 50،000 ރުފިޔާ ލިބޭ

ރާއްޖެ ޓީވީން ބޭއްވުމަށް ހަމަޖެހިފައިވާ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިކުރާ ފިލުމްތަކުގެ ދިގު މިނަކީ ތިން މިނެޓާއި ދިހަ މިނެޓާއި ދޭތެރެއެވެ.

އެންމެ މޮޅު ފިލްމަކަށް 50،000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ފިލްމްތައް 31 މާރޗްގެ ކުރިން ރާއްޖެ ޓީވީއަށް ހުށަހަޅަންޖެހޭނެ އެވެ.

ފިލްމް ހުށަހެޅޭނީ ސީޑީއެއް ނުވަތަ ޕެންޑްރައިވް އެއްގައެވެ. ފިލްމާއި އެކު ރިސެޕްޝަނުން ދޫކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހެއެވެ.

މި މުބާރާތުގައި ބެސްޓް ފިލްމްގެ އިތުރުން ބެސްޓް ޑައިރެކްޓަރ، ބެސްޓް އެކްޓަރ، ބެސްޓް އެކްޓްރެސް، ބެސްޓް ސިނަމަޓޯގްރަފީ، ބެސްޓް އެޑިޓަރ، ބެސްޓް ސްކްރީން ޕްލޭ އަދި ބެސްޓް މިއުޒިކް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކުރުމަށް ހަމޖެހިފައިވަނީ މުނިފޫހި ފިލުވުމުގެ ދާއިރާގައި ފުންނާބު އުސް ފަންނާނުން ނެވެ.

ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ވިދާޅުވީ ރާއްޖެ ޓީވީން ކުރު ފިލްމް މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ ދިވެހި ފަންނާނުންގެ މަސައްކަތްތެރިކަން ކުރިއަރުވާ ފަންނުވެރިކަމުގެ ދާއިރާއަށް ނިކުނަން ބޭނުންވާ ފަރާތްތަކަށް ހިތްވަރުދިނުން ކަމަށެވެ.

މުބާާރާތަށް ހުށަހަޅާ ފިލްމްތައް ފެސްޓީވަލްއެއް ގޮތަށް އާންމުންނަށް ދެއްކުމަށްވެސް ހަމަޖެހިފައިވާ ކަމަށް އާމިރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް