ކ. މާލެ
|
16 ޖެނުއަރީ 2017 | ހޯމަ 19:32
އާތިފް އަސްލަމް ރާއްޖޭގައި ދިން ޝޯގެ ތެރެއިން
އާތިފް އަސްލަމް ރާއްޖޭގައި ދިން ޝޯގެ ތެރެއިން
މުހައްމަދު ޝަރުހާން
އާތިފް އަސްލަމް
އާތިފް އަސްލަމް އަންހެން ފޭންއަކަށް ހިމާޔަތް ދީފި
 
ކަރާޗީގައި އާތިފް ދިން ޝޯބަލަން ގިނަ ބަޔަކު އެއްވި

ޕާކިސްތާނުގެ ލަވަކިއުންތެރިޔާ އާތިފް އަސްލަމް ކަރާޗީގައި ދިން ޝޯއެއްގައި އޭނާގެ އަންހެން ފޭންއަކަށް ފިރެހެނުންތަކެއް ފުރައްސާރަ ކުރުމުން އެ އަންހެން މީހާއަށް ރައްކާތެރިކަން ދިނުމަށް ކޮންސެޓް ތެރެއަށް އޭނާ ގެންގޮސްފިއެވެ.

މިކަން ހިނގާފައިވަނީ ޕެހެލީ ނަޒަރްމޭ ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ އުމުރުން 33 އަހަރުގެ އަސްލަމް ސްޓޭޖްގައި ލަވަ ހުށަހަޅައިދެމުން ދަނިކޮށެވެ.

ކޮންސެޓް ބަލަންތިބި މީހުންގެ ތެރެއިން ފުރަތަމަ ބަރީގައި ހުރި އަންހެން ކުއްޖަކަށް ފިރިހެން ގްރޫޕަކުން ފުރައްސާރަ ކުރާކަމަށް އަސްލަމްއަށް ފާހަގަކުރެވުމުން އޭނާވަނީ ޕާފޯމަންސްގެ މެދުތެރެއިން އަތުން އިޝާރާތްކުރުމަށްފަހު މިއުޒިކް ހުއްޓާލުމަށް މިއުޒީޝަނުންނަށް އަންގާފައެވެ.

އަދި އާތިފް ވަނީ އެ ގްރޫޕްގެ ތެރެެއަށްވަދެ ރުޅިވެރިކަމާއެކު އެކަން ހުއްޓާލުމަށް ގޮވާލާފައެވެ.

"މިތަނުން އަންހެން ކުއްޖެއް ނުފެންނަނީތަ؟ ޔޫޓިއުބްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯގައި ރުޅިވެރިކަމާއެކު އާތިފް ބުނާތަން ފެނެއެވެ.

"ކަލޭމެންގެ މަންމަ ނޫނީ ދައްތަޔަކުވެސް މިތާ ހުރެދާނެ" އޭނާ ބުނެއެވެ.

އެކުދިންނަށް އިންޒާރު ދިނުމަށްފަހު އާތިފްވަނީ އެ އަންހެން ކުއްޖާ ސްޓޭޖަށް އެރުވުމަށްފަހު އޭނާއަށް ޝޯ ބަލަން ހުރެވޭނެ ޖާގައެއް ދިނުމަށް ކޮންސެޓް އިންތިޒާމްކުރި މީހުން ގާތުން އެދިފައެވެ.

"އިންސާން ކާ ބައްޗާބަން"(އިންސާނުން އުޅޭގޮތަށް އުޅެބަަލަ) ޝޯ އަލުން ފެށުމުގެ ކުރިން އާތިފް އެކުދިންނާ ދިމާލަށް ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް