އާދީއްތަ 17 ނޮވެންބަރު 2019
04 ނޮރަ
1441 ރަބީއުލް އައްވަލް 20
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06
ސިއްހަތު - ރޯދަ އާއި ސިއްހަތު

ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

  • ރޯދަ އަށް ހުރުމުގެ ސަބަބުން އިންސާނާ ބަރުހެލި ކަމާއި ކަންނެތް ކަމުން ދުރުކޮށްދީ ތާޒާ ކަންމަތީ ދަމަހައްޓުވައިދޭ
  • ރޯދަ ހިފުމަކީ އެލްޒައިމަރ، ޑިޕްރެޝަން އަދި ބްރެއިން ޓިއުމަރ ފަދަ ބަލިތަކަށް ވެސް އޮތް ރަނގަޅު ޝިފާއެއް

ރިފްޤާ އަބްދުލް ވައްހާބް
R1phqa

ކ. މާލެ 11 ޖޫން 2018 | ހޯމަ 16:44 5,139

މީހަކު ޤުރުއާން ކިޔަވަނީ - ރޮއިޓަރސް

ރަމަޟާން މަހުގެ މި މާތް މައްސަރު ނިމެން ދެންބާކީ އޮތީ މަދު ދުވަސް ކޮޅެކެވެ. މި ރަމަޟާން މަހުގެ ރޯދަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފިއްޖެ ހެއްޔެވެ؟ އެހެން ކަމުގައި ވަނީ ނަމަ ތިމާ އަށް ވާނީ އެކަމުގެ ސަބަބުން އެތައް ފައިދާތަކެއް ކޮށްފައެވެ. ރޫހާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ.

ގްރީކުގެ މަޝްހޫރު ފިލޯސޮފަރު ޕުލޫޓަރޗް ބުނެފައި ވެއެވެ. "މިއަދު ބޭސް ބޭނުން ކުރުމުގެ ބަދަލުގައި ރޯދަ ހިފުން މާ ރަނގަޅެވެ" ރޯދަ ހިފުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކޮށްފައިވާ މުހިންމު ރުކުނެވެ. އަދި އެއީ އެންމެ ކުރީ ޒަމާނުންސުރެން ފެށިގެން ވެސް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އޮންނަ ރަނގަޅު އާދައެކެވެ. އަދި މިކަމުގެ ސަބަބުން އިންސާނާ އަށް ލިއްބައިދޭ ފައިދާތައް ގުނާ އަދަދު ވެސް ނުކުރެވޭނެއެވެ.

ޖިސްމާނީ ގޮތުން ލިބޭ ފައިދާތައް:

އޮކްސްފޯރޑް ގެ މަޝްހޫރު ހޭނައްތާ ޑޮކްޓަރު، ޑރ. ރަޒީން މައުރޫފް ބުނެފައިވާ ގޮތުގައި ރޯދަ މަހު ގިނަ ވަގުތު ކެއުމާ ދުރުގައި ހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑު ސާފު ކޮށްދީ ހަޖަމު ކުރުމުގެ ނިޒާމު މަސައްކަތް ކުރުން މަޑުޖައްސައިދެއެވެ. އަދި ހަށިގަނޑުގައި ހުންނަ ނޭދެވޭ ނުވަތަ ގެއްލުންދެނިވި މާއްދާތައް ނައްތާލައި ބޭކާރު ފެޓްސް ނައްތާ ހަށިގަނޑު ތާހިރު ކޮށްދެއެވެ.

ރަނގަޅު ކެއުމެއް ކެއުމަށް ފަހު އިންސާނާގެ ހަށިގަނޑުގެ %65 ހަކަތަ ބޭނުން ކުރަނީ ހަޖަމު ކުރުމަށެވެ. އެހެންކަމުން ރޯދައަށް ހުރެފި މީހާގެ ހަކަތަ ހަށިގަޑު ގައި ހަލާކުވެފައިވާ ޓިޝޫތަކާއި ސެލްތައް ރަނގަޅު ކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި އިންސާނާ ބަރުހެލި ކަމާއި ކަންނެތް ކަމުން ދުރުކޮށްދީ ތާޒާ ކަންމަތީ ދަމަހައްޓުވައި ދެއެވެ.

ނަފްސާނީ ގޮތުން ލިބޭ ފައިދާތައް:

ރޯދަ ހިފުމަކީ އިންސާނާގެ ސިކުނޑި މުޅިން ތާޒާ ކޮށްދޭ ކަމެކެވެ. ގިނަ އިލްމުވެރިން އިއްތިފާގުވާ ގޮތުގައި ރޯދަ މަހަކީ އުހަރަވީ ހަޔާތް ބާއްޖަވެރި ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެން ކަމުން ގިނަ ވަގުތު ޤުރުއާން ކިޔެވުމުގަޔާއި އަޅުކަމުގައި ހޭދަކުރުމަކީ އިންސާނާގެ ސިކުނޑިގައިވާ ބޭކާރު ވިސްނުން ތަކާއި ހިޔާލުތަކުން ދުރުކޮށްދޭ މަތިވެރި އަޅުކަމެކެވެ. ސިއްހީ ގޮތުން ރޯދަ ހިފުމަކީ އެލްޒައިމަރ، ޑިޕްރެޝަން އަދި ބްރެއިން ޓިއުމަރ ފަދަ ބަލިތަކަށް ވެސް އޮތް ރަނގަޅު ޝިފާއެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް