ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 11:48
ބަޔަކު މިސްކިތެއްގައި ނަމާދުކުރަނީ
ބަޔަކު މިސްކިތެއްގައި ނަމާދުކުރަނީ
މުހައްމަދު ޝަރުހާން
ރޯދަ އާއި ސިއްހަތު
ނަމާދު: ފުރިހަމަ ކަސްރަތެއް
 
ނަމާދު ކުރުމަކީ ސިކުނޑީގެ ބަލިތަކަށާއި ހިތުގެ ބަލިތަކަށް ވެސް އޮތް އެންމެ ރަނގަޅު ޝިފާއެވެ.

އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން ނަމާދަކީ ދެ ވަނަ ރުކުނެވެ. ނަމާދުގެ ސަބަބުން އިންސާނާއަށް ޖިސްމާނީ ގޮތުންނާއި ރޫހީ ގޮތުން ލިއްބައިދޭ ގިނަ ގުނަ ފައިދާތަކެއްވެ އެވެ.

  • ފަރުޟު ފަސް ނަމާދު ބަރާބަރަށް ކުރާ ކަމުގައި ވަނީނަމަ ހަށިގަނޑުގައިވާ ބޭކާރު ކެލޮރީސް ތައް ވިރުވައިދެއެވެ. މިއީ ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަސް އޮތް އެންމެ ފަސޭހަ ކަސްރަތެވެ.
  • ޤަވާއިދުން ނަމާދު ކުރާނަމަ މީހާގެ ހަށިގަނޑުގެ ބައްޓަން ރީތި ވެގެންދެއެވެ.
  • ނަމާދު ކުރުމަކީ ސިކުނޑީގެ ބަލިތަކަށާއި ހިތުގެ ބަލިތަކަށް ވެސް އޮތް އެންމެ ރަނގަޅު ޝިފާއެވެ.
  • ހަމައެއާއެކު، ހަށިގަނޑުގައި ލޭ ދައުރުވުން ފަސޭހަކޮށްދީ، ފައިގެ މަސްތައް ވަރުގަދަކޮށްދޭ ކަމެއްވެސް މެއެވެ.
  • ރުކޫޢު އަކީ ބުރަކަށީ ގައި ރިއްސުން ފަދަ ބަލިތަކުން ދުރުކޮށްދޭ ހަރަކާތެކެވެ. އަދި ރުކޫޢު ގައި އޮތުމަކީ ކިޑްނީ އަށް ވެސް ލިބޭ ކުޑަ މަސާޖެކެވެ. އޭގެ ސަބަބުން ކިޑްނިއަށް ޖެހޭ ބަލިތަކުން މީހާ ސަލާމަތް ކޮށްދެއެވެ.
  • ސަޖިދައިގައި އޮތުމަކީ އޭގެ ސަބަބުން ސިކުނޑިއަށް އެކިގޮތް ގޮތުން ފައިދާ ކުރާ ކަމެކެވެ. ސަޖިދަ ކުރުމުގެ ސަބަބުން ސިކުނޑިގައި ލޭހިނގުން ފަސޭހަކޮށްދެއެވެ.
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
19 ޑިސެންބަރ 2018 | ބުދަ 10:11
ibrahim malsoon mohamed
الحمد الله body builder akah muhimmu vaane