ކ. މާލެ
|
6 ޖޫން 2018 | ބުދަ 16:34
ނަމާދު ކުރަނީ
ނަމާދު ކުރަނީ
ޓްވިޓަރ
ރޯދަ އާއި ސިއްހަތު
ރޯދަ އާއި ދުޅަހެޔޮ ސިއްހަތާ ހުރި އަޖައިބެއް ފަދަ ގުޅުން
 
ރޯދައަށް ހުރުމަކީ ބޭކާރު ވިސްނުން ތަކާއި ޚިޔާލުތަކުން ވެސް ދުރުކޮށްދީ ސިކުނޑި ތާޒާ ކަންމަތީ ގައި ބަހައްޓައިދޭ ކަމެއް

ރޯދަ މަހަކީ ވަކިން ހާއްސަކޮށް ކޮންމެ މީހެއްގެ ދިރިއުޅުމަށް ވެސް ތަފާތު ބަދަލުތައް ގެންނަ ނުވަތަ ގެނުވައިދޭ މައްސަރެކެވެ. އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވެނީ ހަށިގަނޑަށް  އަންނަ އަޖައިބެއް ފަދަ ބަދަލުތަކެވެ. ވަކިން ހާއްސަކޮށް ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިތާތައް އެހާމެ ގިނައެވެ.

އޭގެތެރެއިން ފާހަގަކޮށްލެވޭ ކަންކަމަކީ:

  1. ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓައި ދިނުމަށް އެހީތެރިވެދޭ: ރޯދައަށް ހުރުމަކީ ހަށިގަނޑުގައިވާ ހޯމޯންސް ތަކަށާއި އެކި އެކި ކެމިކަލް ރިއެކްޝަން ތަކަށް އަސަރު ކުރުވާ ކަމެކެވެ. އޭގެ ސަބަބުން ފެޓް ޓިޝޫތައް ވިރުވައިދީ ބަރުދަން ލުއިކޮށްދެއެވެ.
  2. ހަކުރު ބަލިން ދުރުކޮށްދޭ: ރޯދައަށް ހުރުމުގެ ސަބަބުން 'އިންސުލިން' މި މާއްދާ އުފައްދައިދޭ ވަރު މަދުވެގެން ދެއެވެ. ހަމައެއާއެކު ރޯދައަށް ހުންނަތާ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ހަށިގަނޑުން %30 ހަކުރު ދަށްކޮށްދޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ.
  3. ހިތުގެ ބަލިތަކުން ދުރުކޮށްދޭ: ދިރާސާތަކުން ދައްކާގޮތުގައި ރޯދައަށް ހުރުމަކީ ހިތުގެ ބަލިތަކަށް އޮތް ޝިފާއެކެވެ. އަދި ހިތުގެ ލޭ ހޮޅިތައް ދުޅަހެޔޮ ކަންމަތީގައި ބަހައްޓައިދޭ ކަމެއް ވެސް މެއެވެ.
  4. ހިތްހަމަ ޖެހުން ގެނެސްދޭ: ތަފާތު ބަލިތަކުން ރައްކާތެރި ކޮށްދިނުމުގެ އިތުރަށް ރޯދައަށް ހުރުމަކީ ހިތްހަމަ ޖެހުން ގެނެސްދޭ ކަމެކެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ރޯދައަށް ހުރުމަކީ ބޭކާރު ވިސްނުން ތަކާއި ޚިޔާލުތަކުން ވެސް ދުރުކޮށްދީ ސިކުނޑި ތާޒާ ކަންމަތީގައި ބަހައްޓައިދޭ ކަމެކެވެ.
Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް