ކ. މާލެ
|
13 ޖެނުއަރީ 2017 | ހުކުރު 22:28
މައިން ދެނެގަންނަ ޑްރޯން އުފެއްދި ހަރްޝްވަރުދަން ޒާލާ
މައިން ދެނެގަންނަ ޑްރޯން އުފެއްދި ހަރްޝްވަރުދަން ޒާލާ
އަޒުމޫން އަހުމަދު
ޑްރޯން
އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި
 
ޒާލާގެ މި އުފެއްދުމަށް މިހާރު ވެސް ވަނީ ފަސް ކްރޯޑް ރުޕީސް ލިބިފައި

ބިމު އަޑީގައި ވަޅުލާފައި ހުންނަ މައިން ބޮން ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންއެއް އިންޑިއާގެ 14 އަހަރުގެ ކުއްޖަކު އީޖާދުކޮށްފިއެވެ.

 

އުމުރުން 14 އަހަރުގެ ހަރްޝްވަރުދަން ޒާލާގެ މި އުފެއްދުން ދައްކާލާފައި ވަނީ އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި މިހާރު ކުރިއަށްދާ ވައިބްރަންޓް ގުޖުރާތު ގްލޯބަލް ސްމިޓްގައެވެ. އޭނާގެ މި އުފެއްދުން ދައްކާލުމާ އެކު ގުޖުރާތުގެ ސަރުކާރުން ވަނީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންތަކުގައި ސޮއިކުރަން ފަށާފައެވެ. އެ ގޮތުން މިހާތަނަށް އޭނާއާ އެކު ސޮއިކުރި އެމްޔޫއޯތަކުގެ އަގު ފަސް ކްރޯޑް ރުޕީސް އަށް އަރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާގެ މި އުފެއްދުން ވިޔަފާރި އުސޫލުން އުފެއްދުމަށް ގުޖުރާތުގެ ޑިޕާޓްމަންޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ އެއްބަސްވުމެއް ހަދާފައެވެ.

 

ޒާލާ ވަނީ އެފަދަ ތިން ޑްރޯންއެއް ހަދާފައެވެ. އެ ކަމަށް އޭނާ އަތުން ފަސް ލައްކަ ރުޕީސް ވެސް ހޭދަނުވާއިރު މިހާރު ވެސް އޭނާ ވަނީ 5 ކްރޯޑް ރުޕީސް ލިބޭނެކަން ކަށަވަރުވެފައެވެ.

 

ޒާލާ ބުނީ މިފަދަ އެއްޗެއް އުފެއްދުމުގެ ވިސްނުން އައީ މައިން ގޮވުމުގެ ސަބަބުން މަރުވާ މީހުން ޓީވީން ފެނިގެން ކަމަށެވެ. އަދި އެ ތަކެތި ހޯދުމަށް ކުރާ މަސައްކަތުގައި މީހުން މަރުވާ މަންޒަރު ފެނުމުން އެކަން އެ ނޫން ގޮތަކަށް ކުރެވޭނެ ގޮތެއް ހޯދުމަށް ވިސްނި ވިސްނުމުގެ ތެރެއިން މި ހިޔާލު އައީ ކަމަށް ވެސް ޒާމާ ބުންޏެވެ.

 

ގްރޭޑް 10 ގައި ތައުލީމު ހާސިލްކުރަމުން އަންނަ ޒާލާ މިހާރު ވަނީ އޭނާގެ އަމިއްލަ ކުންފުންޏެއް ވެސް ރަޖިސްޓްރީކޮށް ބިޒްނަސް ޕްލޭނެއް ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
0%
0%
0%
0%
ކޮމެންޓް