ކ. މާލެ
|
12 ޖެނުއަރީ 2017 | ބުރާސްފަތި 17:42
ދިރިހުރުމަށް ބޭނުންވާ މައިގަނޑު މާއްދާތައް ފޯރުކޮށްދެނީ ތަރިތަކުން
ދިރިހުރުމަށް ބޭނުންވާ މައިގަނޑު މާއްދާތައް ފޯރުކޮށްދެނީ ތަރިތަކުން
ގޫގުލް
ސިއްޚަތު
އިންސާނާގެ ހަށިގަނޑުގެ 97 އިންސައްތަ ބިނާވެފައިވަނީ "ސްޓާރޑަސްޓް" ގެ މައްޗަށް
 
ދިރިހުރުމަށް ބޭނުންވާ މައިގަނޑު މާއްދާތައް ފޯރުކޮށްދެނީ ތަރިތަކުން
 
ދިރާސާ ކުރާ ފަރާތްތަކުން ވަނީ "ސްޕެކްޓްރޮސްކޯޕީ" ބޭނުންކޮށްގެން މިކަން ދިރާސާކޮށްފައި!

އިންސާނާގެ ހަށިގަނޑުގެ 97 އިންސައްތަ ބިނާވެފައިވަނީ "ސްޓާރޑަސްޓް" ގެ މައްޗަށް ކަމަށް ސައިންސްވެރިން ބުނެފިއެވެ.

 

މިލްކީ ވޭ ގެލެކްސީގައި އެކުލެވިގެންވާ ދިރިހުރުމަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދޭ 150،000 އަށްވުރެ ގިނަ ތަރިތައް ދިރާސާކޮށްފައިވާ ސައިންސްވެރިންތަކެއް ކުރި މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި ދުނިޔޭގައި ދިރިހުރުމަށް ބޭނުންވާ އެންމެ މުހިއްމު ހަ މާއްދާގެ ތެރޭގައި ހިމެނޭ ކާރބަން، ހައިޑްރޮޖެން، ނައިޓްރޮޖެން، އޮކްސިޖަން، ސަލްފަރ އަދި ފޮސްފަރަސް އެއްކޮށްގެން އިންސާނާގެ ހަށިގަނޑުގެ 97 އިންސައްތަ ހަމަވެއެވެ. އަދި މި މާއްދާތަކަކީ ތަރިތަކުން ފޯރުކޮށްދޭ މާއްދާތަކެއްކަން އެއީ ބަދަލުކުރެވޭނެ ޙަޤީޤަތެއް ނޫން ކަމަށް މިދިރާސާ ކުރި ފަރާތްތަކުން ބުނެއެވެ.

 

"އަދި ކިރިޔާ އަލަށް، ގެލެކްސީގެ ވަށައިގެންވާ މާއްދާތަކާއި އެ މާއްދާތައް އިންސާނާގެ ހަށިގަނޑަށް ފޯރުވައިދޭ ގޮތްތައް ދިރާސާކޮށް އެކަން ބަލަން މި ފެށުނީ" ނިއު މެކްސިކޯ ސްޓޭޓް ޔުނިވަރސިޓީގެ ސައިންސްވެރިއަކު ބުންޏެވެ. އޭނާ ބުނީ، އިންސާނާގެ ހަށިގަނޑުގެ 97 އިންސައްތަ ބިނާވެފައިވާ މާއްދާތައް ބެލުމަށް އެޓަމްތައް ވެސް ދިރާސާކުރާ ކަމަށެވެ.

 

މި އާ ހޯދުން ހޯދިފައިވަނީ 150،000 (އެއްލައްކަ ފަންސާސް ހާސް) އަށްވުރެ ގިނަ ތަރި، ކޮންމެ ތަރިއެއް ވަކި ވަކިން ދިރާސާ ކުރުމަށްފަހު އެވެ. މިއީ މިފަދަ ހޯދުމެއް ހޯދުމަށް މިހާ ގިނަ ޢަދަދެއްގެ ތަރިތައް އެއްފަހަރާ ދިރާސާ ކުރި ފުރަތަމަ ފަހަރެވެ. މި ދިރާސާއިން އެނގިފައިވާ ގޮތުގައި ކޮންމެ ތަރިއެއްގައި ވެސް 24 އަށްވުރެ ގިނަ މާއްދާ އެކުލެވިގެން ވެއެވެ.

 

ސައިންސްވެރިންގެ ދިރާސާއިން ހޯދުނު ހޯދުންތަކުގެ އަލީގައި ސާބިތުވެފައިވާ ގޮތުން ދުނިޔޭގައި ވާ ހުރިހާ ދިރުމެއްވެސް ދިރިހުރުމަށް ބޭނުންވާ މައިގަނޑު މާއްދާތަކަކީ ކާރބަން، ހައިޑްރޮޖެން، ނައިޓްރޮޖެން، އޮކްސިޖަން، ސަލްފަރ އަދި ފޮސްފަރަސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް