ކ. މާލެ
|
12 ޖެނުއަރީ 2017 | ބުރާސްފަތި 15:25
އިންޑިޔާގައި އަލަށް ޕެޑު އުފެއްދި މީހާ އަރޫނަޗަލަމް މުރުގަނަންތަމްގެ ޙަޔާތުގެ މައްޗަށް ނެރޭ ބަޔޮޕިކްގެ ނަމަކީ "ޕެޑްމޭން"
އިންޑިޔާގައި އަލަށް ޕެޑު އުފެއްދި މީހާ އަރޫނަޗަލަމް މުރުގަނަންތަމްގެ ޙަޔާތުގެ މައްޗަށް ނެރޭ ބަޔޮޕިކްގެ ނަމަކީ "ޕެޑްމޭން"
ގޫގުލް
އިންޑިޔާ
އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ
 
"ޕެޑްމޭން" ގައި ލީޑްރޯލުން ސޯނަމް އާއި އަކްޝޭގެ އިތުރުން ރާދިކާ ފެނިގެންދާނެ

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިންސް ނުވަތަ ޕެޑު އުފެއްދި މީހާގެ މައްޗަށް ބޮލީވުޑުން އުފައްދާ ބަޔޮޕިކް "ޕެޑްމޭން" ގެ ލީޑް ރޯލުން ސޯނަމް ކަޕޫރާއި އަކްޝޭ ކުމާރަށް ފުރުސަތު ދީފިއެވެ.

 

ޓަމިލްނާޑޫއަށް ނިސްބަތްވާ އަރޫނަޗަލަމް މުރުގަނަންތަމްގެ ޙަޔާތުގެ މައްޗަށް ތައްޔާރުކުރާ މި ބަޔޮޕިކްގައި ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ އިންޑިޔާގެ އެކްޓްރެސް ރާދިކާ އާޕްޓޭ ވެސް ފެނިގެންދާނެއެވެ. ސޯނަމް ކަޕޫރު ވަނީ މިކަން އޭނާގެ ޓްވިޓާރ މެދުވެރިކޮށް ހާމަކޮށްފައެވެ. މިއީ ސޯނަމް އާއި އަކްޝޭ އެކުއެކީގައި ފެނިގެންދާ ދެވަނަ ފިލްމެވެ. މީގެ ކުރިން މި ދެ ފަންނާނުން ވަނީ 2011 ވަނަ އަހަރު ނެރުނު ފިލްމު "ތެންކިޔު" ގައި އެކީގައި މަސައްކަތް ކޮށްފައެވެ.

 

އަކްޝޭގެ އަންހެނުން، ބޮލީވުޑްގެ ބަޠަލާ އަދި ޕްރޮޑިއުސަރ ޓްވިންކަލް ކަންނާގެ އަލަށް ލޯންޗް ކުރި ފިލްމު އުފައްދާ ކުންފުނި ކަމަށްވާ މިސިސް ފަނީބޯންސް މޫވީސްގެ ދަށުން ޓްވިންކަލް ޕްރޮޑިއުސްކުރާ މިފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

 

އަރޫނަޗަލަމް މުރުގަނަންތަމްއަކީ "ޕީރިއަޑް" ވެގެން އުޅޭ ދުވަސްވަރު "އަންހައިޖީނިކް ޕްރެކްޓިސެސް" ނުވަތަ ސާފުޠާހިރު ނުވުމުގެ ސަބަބުން ދިމާވާ ޞިއްޚީ ޙާލަތްތަކާއި ބެހޭ ގޮތުން އިންޑިޔާގެ ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ އަންހެން ވެރިންނަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ސެނިޓަރީ ނެޕްކިންސް ނުވަތަ ޕެޑު ހެޔޮ އަގެއްގައި ލިބޭނެ ގޮތް ހެދުމަށްޓަކައި އިންޑިޔާގައި އަލަށް ސެނިޓަރީ ޕެޑް އުފައްދާ މެޝިނެއް އުފެއްދި މީހާއެވެ. ޚަބަރުތައް ބުނާ ގޮތުގައި އަގު ހެޔޮކޮށް ސެނިޓަރީ ނެޕްކިންސް ފޯރުކޮށްދިނުމުގެ ޚިޔާލު މުރުގަނަންތަމްއަށް އެންމެ ފުރަތަމަ އައީ 1998 ވަނަ އަހަރު އޭނާގެ ކައިވެންޏަށް ފަހު އޭނާގެ އަނބިމީހާއަށް "ޕީރިއަޑް" ދުވަސްވަރު ދިމާވި "ހައިޖީނިކް" މައްސަލަތަކެއް ސަބަބުންނެވެ. އެ މައްސަލަތައް ދިމާވީ އެދުވަސްވަރު އޭނާގެ އަންހެނުން ނޫސްކަރުދާހާއި ތަފާތު އެފަދަ ތަކެތި ބޭނުންކުރާތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

އަގުބޮޑުކޮށް ބާޒާރުން ލިބެން ހުންނަ "ކޮމާޝަލް ޕެޑް" އޭގެ ތިން ގުނަ އަގުހެޔޮކޮށް މުރުގަނަންތަމް އުފެއްދި މެޝިން ބޭނުންކޮށްގެން އުފައްދާ ވިއްކަން ފެށުމާއެކު އެތައް ބައެއްގެ ސަމާލުކަން ވަނީ އޭނާއަށް ލިބިގެން ގޮސްފައެވެ. ގިނަ ދުވަސްތަކެއް ނުވެ، އެ މަސައްކަތް ފުޅާ ވިޔަފާރިއަކަށް ބަދަލުވެ، އިންޑިޔާގެ 29 ވަރަކަށް ސްޓޭޓުގައި މިހާރު އޭގެ މެޝިންތައް އިންސްޓޯލް ކޮށްފައިވެއެވެ. އޭނާ މިހާރު މަސައްކަތްކުރަނީ އޭނާގެ އުފެއްދުން 106 ޤައުމަކަށް ފުޅާ ކުރުމަށެވެ.

 

ޓައިމް މެގަޒިން އިން ނެރޭ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން 2014 ވަނަ އަހަރު މުރުގަނަންތަމްއަށް ވަނީ ޖާގަ ލިބިފައެވެ. މީގެ އިތުރުން އިންޑިޔާ ސަރުކާރުން ދޭ "ޕަދްމާ ޝްރީ އެވޯޑު" މިދިޔަ އަހަރު އޭނާއަށް ވަނީ ލިބިފައެވެ. ޕަދްމާ ޝްރީ އެވޯޑަކީ އިންޑިޔާގައި ދޭ ހަތަރު ވަނަ އަށް އެންމެ މަތީ ފަންތީގެ ޤައުމީ އެވޯޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް