ކ. މާލެ
|
27 މެއި 2018 | އާދީއްތަ 14:54
ތަރުކާރި ސެލެޑް
ތަރުކާރި ސެލެޑް
ޓޭސްޓްމޭޑް
ރޯދަ އާއި ސިއްހަތު
ސެލެޑް: ހަށިގަނޑަށް އެތައް ފައިދާއެއް ލިބޭ، ނުކާންވީ ސަބަބެއް ނެތް
 
ސެލެޑް ބޭނުން ކުރާނަމަ އިސްތަށިގަނޑާއި، ނިޔަފަތި އަދި ހަންގަނޑު ވެސް އޮމާން ކޮށްދީ ތާޒާ ކަންމަތީ ދަމަހައްޓައިދޭ
 
ތާޒާ މޭވާ ނުވަތަ ތަރުކާރީ އަޅައިގެން ސެލެޑް ބޭނުން ކުރުމަކީ ކޮންމެހެން މުހިއްމު ކަމެއް

ސެލެޑަކީ ތަފާތު ވައްތަރުގެ ތަރުކާރީ އާއި މޭވާ އެކުލެވޭ ގޮތަށް އޮލިވް އޮއިލް، ވިނެގަރ ނުވަތަ އެނޫން ވެސް އެހެން ބާވަތެއް އަޅައިގެން ތައްޔާރު ކުރާ ކެއުމެކެވެ. ސެލެޑް އާންމުގޮތެއްގައި ހަދާފައި ހުންނަނީ ވަރަށް ފަސޭހަ ގޮތަކަށް އަދި ބަލާލަން ރީތިވާނެ ގޮތަކަށެވެ. ރޯދަ ވީއްލާ ގަޑީގައި އަދި ހާރުކާ ގަޑީގައި ތާޒާ މޭވާ ނުވަތަ ތަރުކާރީ އަޅައިގެން ސެލެޑް ބޭނުން ކުރުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެކެވެ.

ސެލެޑުން ލިބޭ ފައިދާތައް

  • ސެލެޑް ބޭނުން ކުރާ ކަމުގައި ވާނަމަ އޮލިވް އޮއިލް ބޭނުން ކުރުމުގެ ފުރުޝަތު އިތުރު ވެގެންދެއެވެ.
  • ކެއުމުގައި ސެލެޑް ބޭނުން ކުރުމަކީ އެހެން ކެއުންތަކަށް ބަނޑުގައި ޖާގަ އިތުރު ކޮށްދޭނެ ކަމެކެވެ.
  • ސެލެޑް ބޭނުން ކުރުމަކީ ވައިގެ މައްސަލަ ޔަގީނުން ވެސް ކުޑަކޮށްދޭނެ ކަމެކެވެ.
  • ފަސޭހައިން ކޮލެސްޓްރޯލް ދަށް ކޮށްލުމަށް ވެސް އޮތް އެންމެ ރަނގަޅު ބޭހަކީ ސެލެޑެވެ.
  • ހަމައެހެންމެ، ސެލެޑް ބޭނުން ކުރާނަމަ އިސްތަށިގަނޑާއި، ނިޔަފަތި އަދި ހަންގަނޑުވެސް އޮމާންކޮށްދީ ތާޒާ ކަންމަތީ ދަމަހައްޓައިދެއެވެ.
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
33%
33%
0%
33%
0%
ކޮމެންޓް