ކ. މާލެ
|
27 މެއި 2018 | އާދީއްތަ 01:58
ފްރެޝް ފުރުޓް ޓާރޓް
ފްރެޝް ފުރުޓް ޓާރޓް
ޓޭސްޓްމޭޑް
ރޯދަ އާއި ސިއްހަތު
ރޯދަ މަހު ޑެޒަރޓް ތައްޔާރު ކުރަންވީ ގޮތް މިއޮތީ
 
"ފުރުޓް ބޭސްޑް" ޑެޒަރޓެއް ނަމަ، ބޭނުން ކުރެވޭ މޭވާ އަކީ ތާޒާ މޭވާއަށް ވުން މުހިއްމު
 
ޑެޒަރޓް ތައްޔާރު ކުރުމުގައި ވީހާވެސް ބޮޑަށް ސިއްޙަތަށް ފައިދާހުރި ގޮތަކަށް ތައްޔާރު ކުރުން އެދެވިގެންވޭ

ފުލް ކޯސް މީލް ގެ އެންމެ ކަމުދާ އެންމެ ގަޔާވާ ބަޔަކީ ޑެޒަރޓެވެ. ވަކިން ހާއްސަކޮށް ރަމަޟާން މަހު ރޯދަ ވިއްލަން ފޮނި ކާ އެއްޗެއް ނުވަތަ ޑެޒަރޓް އެއް ނެތް ނަމަ ސުފުރާ މަތި ފުރިހަމަ އެއް ވެސް ނުވާނެއެވެ. ދިވެހިންގެ ތެރެއަށް ވެސް ޑެސަރޓް މިވަނީ ވަރަށް މަޝްހޫރުވެ ތަފާތު ވައްތަރުގެ މޮޅެތި ގޮތް ގޮތައް ޑެޒަރޓް ހެދުމުގެ ރޫހު އަށަގަނެފައެވެ.

ޑެޒަރޓް ތައްޔާރުކުރަން އެންމެ ރަނގަޅު ގޮތް

  • ޑެޒަރޓް ތައްޔާރު ކުރުމުގައި ވީހާވެސް ބޮޑަށް ސިއްޙަތަށް ފައިދާހުރި ގޮތަކަށް ތައްޔާރު ކުރުން އެދެވިގެންވެއެވެ.
  • އަރޓިފިޝިއަލް ޝުގަރ (އައިސިން ޝުގަރ) ބޭނުން ކުރުމުގެ ބަދަލުގައި މާމުއި ފަދަ ތަކެތި ބޭނުން ކުރުން މުހިއްމެވެ.
  • ޑެޒަރޓެއް ހަދަން ބޭނުން ނަމަ ވީހާވެސް ބޮޑަށް އޭގައި މޭވާގެ ބާވަތް ތައް ބޭނުން ކުރުން ރަނގަޅެވެ.
  • "ފުރުޓް ބޭސްޑް" ޑެޒަރޓެއް ނަމަ، ބޭނުން ކުރެވޭ މޭވާ އަކީ ދަޅުގައި ބަންދު ކުރެވިފައި ހުން މޭވާ އަކަށް ވުމުގެ ބަދަލުގައި ތާޒާ މޭވާއަށް ވުން މުހިއްމެވެ.
  • ޑެޒަރޓް ތައްޔާރު ކުރުމުގައި މާގިނަ އިން ގެރިކިރު ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.
  • ރޯދަ އަށް ހުންނަ ހުރުމުގައި ވެސް އަދި ރޯދަ ނޫން ކަމުގައި ވިޔަސް ބޭކަރީގައި ލިބެން ހުންނަ ޑެޒަރޓް ބޭނުން ކުރުމުގެ ބަދަލުގައި އަމިއްލަ އަށް ވީހާވެސް ލުއިކޮށް ޑެޒަރޓެއް ތައްޔަރު ކޮށްލުން ރަނގަޅެވެ. ސަބަބަކީ، އާންމުކޮށް ބޭކަރީ ތަކުގައި ލިބެން މިހުންނަ ޑެޒަރޓް ތަކުގައި ކެލޮރީސް ގިނަ ވާނެތީއެވެ.
Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް