ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 22:46
އެމްއެންޑީއެފް ކޯސްޓްގާޑްގެ މަނަވަރެއް
އެމްއެންޑީއެފް ކޯސްޓްގާޑްގެ މަނަވަރެއް
ޓްވިޓަރ
އެމްއެންޑީއެފް
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
 
ބޯޓްގައި ތިބި މީހުންނަށް ވީގޮތެއް އަދި ނޭނގޭ
 
ބޯޓުގައި ދިވެއްސަކާއި އިންޑޮނީޝިއާގެ ނުވަ މީހުން ތިބި
 
އީ- ފިޝް މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑްގެ ބޯޓެއް

ރާއްޖޭގެ މަސް ބޯޓެއްގައި ރޯވެ އޮޔާދަނިކޮށް ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރޭ ރޯވި މި ބޯޓުގައި 10 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑޯނީޝިއާގެ 9 މީހުން ކަމަށް ބޯޓުގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުނެއެވެ.

އީ- ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މިބޯޑު އޮތީ ގދ. ތިނަދޫ ހުޅަނގުން 323 ނޯޓިކަލް މޭލް ބޭރުގަ އެވެ. އެއީ ދިވެހިރާއްޖޭގެ ސަރަހައްދަށް ވުރެ 43 ނޯޓިކަލް މޭލް ބޭރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއުފުން ބުނީ ބޯޓުގެ އެއްބައި މިހާރު އަޑިއަށް ގޮސްފައިވަ ކަމަށާއި ބޯޓުން އަދިވެސް ދުން އަރަމުންދާ ކަމަށެވެ. މިހާތަނަށް ބޯޓުން އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ. 

އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވިއަން އެއާކްރާފްޓުން ދަނީ އެސަރަހއްދުގައި ހަރަކާތްތރި ވަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް