ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 16:31
"ބަޖްރަންގީ ބައިޖާންގެ ކުޑަކުއްޖާ ހަރްޝާލީ
"ބަޖްރަންގީ ބައިޖާންގެ ކުޑަކުއްޖާ ހަރްޝާލީ
ގޫގުލް
ބޮލީވުޑް
"ބަޖްރަންގީ ބައިޖާން" ގެ ކުޑަކުއްޖާ ކަރިޝްމާއާ އެކު
 
އިންސްޓަގްރާމް ކޮށްފައިވާ މި ފޮޓޯތައް ނަގާފައި ވަނީ ހައިދަރުއާބާދުގެ ފަލަކްނާމާ ޕެލަސްގައި

ސަލްމާން ޚާންގެ މެގަ ހިޓް ފިލްމް "ބަޖްރަންގީ ބައިޖާން"ގައި ޕާކިސްތާނުގެ ކުޑަކުއްޖާގެ ރޯލުން ގިނަ ބައެއްގެ ހިތް ފަތަހަކުރި ހަރްޝާލީ މަލޯތުރާ އަނެއްކާ ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ. މި ފަހަރު ފިލްމަކުން ނޫނެވެ. އޭނާގެ ރީތި ފޮޓޯތަކަކުންނެވެ.

 

ހަރްޝާލީ ދާދި ފަހުން ވަނީ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ފަތުއަޑުކިޔާފައި ފެތުރެން ފަށާފައެވެ. މި ފޮޓޯތަކަށް މީހުންގެ ލޯތައް އަމާޒުވީ ހަމައެކަނި ހަރްޝާލީ ފެންނާތީއެއް ނޫނެވެ. އެއް ޒަމާނެއްގައި ބޮލީވުޑްގެ ކުއީންގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ އަދި މިހާރު ވެސް އެ ރީތި ކަމަށް ފަނޑުކަމެއް އައިސްފައި ނުވާ ކަރިޝްމާ ކަޕޫރާ އެކު ނަގާފައިވާ ފޮޓޯތަކަށް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.

 

އިންސްޓަގްރާމް ކޮށްފައިވާ މި ފޮޓޯތައް ނަގާފައި ވަނީ ހައިދަރުއާބާދުގެ ފަލަކްނާމާ ޕެލަސްގައެވެ. މި ފޮޓޯތަކުގައި ހަރްޝާލީ އާއި ކަރިޝްމާ ވެސް ލައިގެން ހުންނަނީ ނޫކުލައިގެ ހެދުމެކެވެ. މިއީ ކޮން ކަމަކަށް ނަގާފައިވާ ފޮޓޯތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

 

މި ފޮޓޯތައް އާންމުވެފައި މި ވަނީ ކަރިޝްމާ އަލުން އެނބުރި ބޮލީވުޑަށް އަންނަން އުޅޭކަމުގެ ވާހަކަތައް ފެތުރިފައި ވަނިކޮށެވެ. ކަރިޝްމާގެ ދުވަސްވީ ކައިވެނި ރޫޅުމަށް ފަހު އޭނާ މިހާރު އަލުން ފިލްމު ކުޅެން ފަށާ ވާހަކަ މީޑިއާގައި ވަނީ ފެތުރިފައެވެ.

 

ވަރަށް ޅަ އުމުރުގައި ޒީ ޓީވީގެ "ގްބޫލް ހޭ" އާއި ލައިފް އޯކޭގެ "ލޯޓް އާއޯ ތްރީޝާ"ގައި ފެނިގެން ދިޔަ ހަރްޝާލީ އަށް "ބަޖްރަންގީ ބައިޖާން" އަށް ފަހު ގިނަ ހުށަހެޅުންތަކެއް ލިބެމުންދާ ކަމަށް ވެއެވެ. އެ ފިލްމާ އެކު ހަރްޝާލީ ވަނީ މިދިޔަ އަހަރު އަށް އެވޯޑަކަށް ވާދަކޮށް ފަސް އެވޯޑެއް ހާސިލްކޮށްފައެވެ. އެ ފިލްމްގެ މަންމަން ކުއްޖެއްގެ ރޯލުން އޭނާ ޖާގަ ހޯދީ ވެސް އޮޑިޝަން ދިން 5،000 އަށް ވުރެ ގިނަ ކުދިންނާ ވާދަކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް