ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 15:45
ކ.ހުރާ ދޯންޏެއްގައި ފަތުރުވެރިންތަކެއް މަސްހިފަން ގެންގުޅުނު މަސްމަރާބަޑިތަކެއް
ކ.ހުރާ ދޯންޏެއްގައި ފަތުރުވެރިންތަކެއް މަސްހިފަން ގެންގުޅުނު މަސްމަރާބަޑިތަކެއް
ގޫގުލް
ކަސްޓަމްސް
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެ އެތެރެކުރި މަސްމަރާ ބަޑިތަކެއް އަތުލައިގަނެފި އެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ" އަށް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ފުލުހުނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ދިޔައިރު، ރާއްޖެ އެތެރެކޮށްފައިވާ ހިފުމަށް ބޭނުންކުރާ 21 ބަޑި ފެނިފައިވާ ކަމަށެވެ. އަދި އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އެމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

 

އެމަންޒަރު ދުށް އެމްޕީއެލް ސަރަހައްދުގައި ހަރަކާތްތެރިވި މަޖޫރީއަކު ބުނީ ކްލިއަރކުރި ކޮންޓޭނަރަކުން ގިނަ އަދަދެއް މަސްމަރާ ބަޑިތަކެއް ފެނުމުން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށެވެ. އަދި ފުލުހުންނާ އެކު ކަސްޓަމްސް އޮފިސަރުން ވެސް އެސަރަހައްދުގައި ހަރަކާތްތެރި ވެފައިވާ ކަމަށް އޭނާ ބުނެއެވެ.

 

އޭނާ ބުނީ އަންގާރަ ދުވަހު ގިނަ އަދަދެއްގެ މަސްމަރާ ބަޑިތަކެއް ފެނިފައިވީ ނަމަވެސް އެއީ އާކަމެއް ނޫން ކަމަށެވެ. މީގެ ކުރިން ވެސް އެފަދަ ބަޑިތަކެއް ރާއްޖެ އެތެރެކޮށްފައިވާ ކަމަށާއި މިފަހަރު ނޫނީ ފުލުހުން އައިސް އެފަދަ މައްސަލައެއް ތަހުގީގު ހިންގާފައިވާކަން އެނގިފައި ނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް