ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 15:35
މ. ލައިޓް ސިގްނަލް ގޭގެ ފަސްވަނަ ބުރީގެ ކޮޓަރިއެއްގައި މަރުވެފައި ތިއްބައި ފެނުނު ދެމަފިރިން ވަޅުލުން
މ. ލައިޓް ސިގްނަލް ގޭގެ ފަސްވަނަ ބުރީގެ ކޮޓަރިއެއްގައި މަރުވެފައި ތިއްބައި ފެނުނު ދެމަފިރިން ވަޅުލުން
މުހައްމަދު ޝަރުހާން
ދެމަފިރިންގެ މަރު
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މ. ލައިޓް ސިގްނަލް ގޭގައި މަރުވެފައި އޮއްވާ އާދީއްތަ ދުވަހު ފެނުނު ދެމަފިރިންގެ މަރުގެ ތަހުގީގު ކުރިއަށްދާ ކަމަށާއި އެމަސައްސަލައިގެ އިތުރު ތަފްސީލް މިވަގުތު ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

 

މ. ލައިޓް ސިގްނަލް ގޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ތ. ވިލިފުށީ ފޭރުގޭ، އުމުރުން 47 އަހަރުގެ ގާސިމް ޝާހިދު އާއި 42 އަހަރުގެ ރަޒީނާ އިބްރާހީމް އެވެ.

 

އެ ދެމެފިރިން ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސް ޑޮކްޓަރުން ބެލުމަށް ފަހު ފަހުން ވަނީ މޯޗަރީގައި ބާއްވާފަ އެވެ. އަދި ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް މޯޗަރީގައި ބޭއްވުމަށް ފަހު ވަޅުލާފައި އެއްވަޅެއެގައި ހޯމަ ދުވަހުގެ މެންދުރު ނަމާދަށް ފަހުގައެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމެފިރިން ވަޅުލާފައި ވަނީ ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށާއި ނަމަވެސް އެ ދެމެފިރިންގެ މަރާ ގުޅޭ ގޮތުން މިވަގުތު އެއްވެސް އެއްޗެއް ބުން ބޭނުން ނުވާ ކަމަށެވެ.

 

އޮފިޝަލް ވިދާޅުވީ އެ ދެމެފިރިންގެ މަރާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ދެވޭނީ މައްސަލައިގެ ތަހުގީގު ނިމުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް