ކ. މާލެ
|
18 މެއި 2018 | ހުކުރު 22:55
ތިކިޖެހިތާނަ އުފެދުމަކީ ދިވެހިބަހަށް ނުވަތަ ތާނަލިއުމަށް ލިބުނު މުއްސަނދިކަމަކާއި ކުރިއެރުމެއް ކަމުގައި ޙުސައިން ޢަބްދުއްރަޙްމާން،( 1997) ވިދާޅުވަފައި ވެއެވެ.
ތިކިޖެހިތާނަ އުފެދުމަކީ ދިވެހިބަހަށް ނުވަތަ ތާނަލިއުމަށް ލިބުނު މުއްސަނދިކަމަކާއި ކުރިއެރުމެއް ކަމުގައި ޙުސައިން ޢަބްދުއްރަޙްމާން،( 1997) ވިދާޅުވަފައި ވެއެވެ.
ތިކިޖެހިތާނަ
ތިކިޖެހި ތާނައިގެ އަކުރުތައް.
 
އިނގިރޭސި ބަހުގެ އަޑުތަކުގެ ތެރެއިން ތިކިޖަހައިގެން ލިޔަން ޖެހޭ އަޑު ނުވަތަ އަކުރު ލިޔުމުގައި ޝަކުވާއެއް ނެތްކަމެވެ.

މުޙައްމަދު ޖަމީލް (1979) ބަޔާންކުރައްވާފައިވާ ގޮތުގައި ތިކިޖެހި ތާނައިގެ އަކުރުތަކަކީ ބޭރު ބައެއް ބަސްބަހުން ދިވެހި ބަހަށް ވަދެފައިވާ ލަފުޒުތައް ހެއުކޮށް ކިޔޭ ގޮތަށް ލިޔުމަށްޓަކައި އިތުރުކުރެވިފައިވާ އަކުރުތަކެއް ކަމުގައެވެ. މި އަކުރުތަކަކީ، ތާނަލިއުމުގެ ތެރޭގައި ބޭނުންކުރެވޭ ޢަރަބި އަކުރުތަކުގެ ބަދަލުގައި ބޭނުންކުރާނޭ ތާނަ އަކުރުތަކެއް ކަނޑައެޅުއްވުމާއި ގުޅިގެން އުފެދުނު އަކުރުތަކެކެވެ. ދައުލަތުން މިކަން ޢާއްމުކުރައްވާފައި ވަނީ 16 މާޗް 1957 (13 ޝަޢުބާން 1376ހ ) ގައި، ކުރީގެ ވުޒާރަތުލް މަޢާރިފުން ކުރެއްވި އިޢުލާނަކުންނެވެ. އަދި، އެއީ އަޅުގަނޑުމެންގެ ދިވެހިބަހަށް ނުވަތަ ތާނަލިއުމަށް ލިބުނު މުއްސަނދިކަމަކާއި ކުރިއެރުމެއް ކަމުގައި ޙުސައިން ޢަބްދުއްރަޙްމާން،( 1997) ވިދާޅުވަފައި ވެއެވެ.

ތިކިޖެހި ތާނައިގެ އަކުރުތަކުގެ ގޮތުގައި މުޙައްމަދު ޖަމީލް (1979) ބަޔާންކުރައްވާފައިވާ އަކުރުތަކަކީ: (ޙ، ح) . (ޚ، خ) . (ޢ، ع) . (ޣ، غ) . (ޛ، ذ) . (ޠ، ط) . (ޡ، ظ) . (ޘ، ث) . (ޤ، ق) . (ޞ، ص) . (ޟ، ض) . (ޝ، ش) މިއެވެ. ދިވެހި ބަހަކީ، ޢަރަބި ލަފްޒާއި، އުރުދޫ ނުވަތ ހިންދީ ބަހުގެ ނުވަތ ފާރިސީ ބަހުގެ ލަފްޒުތަކުގެ އިތުރުން އިންގިރޭސިއާއި، ދުނިޔޭގެ އެކިއެކި ބަސްބަހާއި، ބަހުރުވައިގެ ލަފްޡުތައް ވަރަށްގައި ހުންނަ ބަހެކެވެ. މިހެންވުމުން ތިކިޖެހި ތާނައިގެ މުހިންމުކަން ބޮޑެވެ. އެއިން ބަހެއްގެ ލަފްޡުތަކުގެ ތެރެއިން ބައެއް ލަފްޡުތަކުގެ އަކުރެއްގެ އަޑު ތާނައިން ލިޔަންވެއްޖެނަމަ ލިޔަންޖެހޭނީ އެ އަޑެއްގެ އަކުރަކަށް ކަނޑައަޅާފައިވާ ތިކިޖެހި ރަމްޒު ބޭނުންކޮށްގެންނެވެ. އަދި މި އަކުރު ތަކުގެ އިތުރުން އިނގިރޭސި ނުވަތަ ލެޓިން އަޑެއް ކަމަށްވާ "Division" ފަދަ ލަފުޒުތަކުގައި އެ އަންނަ "sion" އަޑު ނެރެވެނީ ދިވެހި އަކުރުތަކުގެ ތެރެއިން "ޜ" މި އަކުރު ބޭނުންކޮށްގެންނެވެ. މިހެންވުމުން ތިކިޖެހި ތާނަ ނުވަތަ ބޭރުގެ އެކި ބަސްތަކުގެ އަޑު ނެރުމުގެ ރަމްޒެއްގެ ގޮތުގައި ނުވަތަ ލިޔުމަށްޓަކައި 13 އަކުރެއް ވަނީ ހަމަ ޖައްސާފައެވެ. ބައެއް ލިޔުންތަކުގައިވާ ގޮތުން ދިވެހި ނުވަތ ތާނަ އަކުރުތަކަކީ، ޢަރަބި ނުވަތަ ފާރިސީ ބަހުގެ ހިސާބު ޢަދަދު ގެ ރަމްޒުގެ ގޮތުގައި ލިޔެއުޅޭ ރަމްޒުން ހަދާފައިވާ އަކުރުތަކެކެވެ. މި ބުނުމަށް ތާއިދު ކުރެވޭ ހެކިތަކެއް ވެސް ފެންނަން ހުރެއެވެ.

މިހެން މިކަން އޮތްއިރު ހިތާމައަކީ، ތިކިޖެހި ތާނަ ނުވަތަ ބޭރުގެ ބަސްތަކުގެ އަޑު ލިޔުމަށް ބޭނުންކުރެވޭގޮތަށް ދިވެހިބަހަށް ގެނެވިފައިވާ ރަމްޒުތައް ނުވަތަ އަކުރުތައް މިހާރު ވަނީ ހަނދާން ނެތިގެން ދިއުމުގެ މަތީގައި ވުމެވެ. މިއީ ބަޔަކަށް ޢަރަބި އަކުރުތައް ނޭނގުމުގެ ނަތީޖާ ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ ޢަރަބި އަކުރުތަކަކީ ބޭނުން ތެރި އެއްޗެއް ނޫންކަމަށް ދެކެނީ ކަމުގައި ވެސް ވެދާނެއެވެ. އަދި ސްކޫލުތަކުގައި ވެސް ދިވެހިބަސް މާއްދާއެއްގެ ގޮތުގައި ކިޔަވައި ދޭ އިރު ޢަރަބި އަޑު އަންނަ އަކުރުތައް ބުނެ ނުދެވެނީ ކަމުގައި ވެސް ވެދާނެއެވެ. އެހެނީ އިނގިރޭސި އަކުރު ތަކުގެ އަޑުގެ ރަމްޒު އަކުރު ލިޔަން ނުދަންނަ މީހުންނެއް ކުދިންނެއް ނުތިބެއެވެ. ކޮންމެހެން ވެސް އިނގިރޭސި އަޑުގެ ރަމްޒު ތާނައިން ލިޔަން ޖެހެއެވެ. ނަމަވެސް ތިކިޖެހި ތާނާއިގެ ތެރެއިން ޢަރަބި ނުވަތަ އުރުދޫ، ހިންދީ ލަފްޒުތަކުގެ އަޑުގެ ރަމްޒު ލިޔުން މުހިންމު ނުވެއެވެ. މިއީ ބަސް ކުރިއެރުން ބާއެވެ، ނުވަތަ ނިކަމެތި ކަމަކީ ބާއެވެ. ރަނގަޅު ވާހަކައެކެވެ. ބަހަކީ ބަދަލުވަމުންދާ އެއްޗެކެވެ. މިހެން ބުނެ ބަހެއްގެ ނުވަތަ ލިޔާ އަކުރުތަކުގެ ތެރެއިން ބޮޑުބައެއް ނުވަތަ ޚަޒާނާއިން ބައެއް އުނިކޮށް ބަހުގެ މާލިއްޔަތަށް ޚިޔާނާތްތެރިވާން ހެޔޮވާނެ ހެއްޔެވެ؟ އަދި ފާހަގަ ކޮށްލަން ޖެހޭ ކަމެއް ވެއެވެ. އެއީ އިނގިރޭސި ބަހުގެ އަޑުތަކުގެ ތެރެއިން ތިކިޖަހައިގެން ލިޔަން ޖެހޭ އަޑު ނުވަތަ އަކުރު ލިޔުމުގައި ޝަކުވާއެއް ނެތްކަމެވެ. އަދި ކުށް ގޮތްގޮތަށް ލިޔެފައި ހުންނަތަން ވެސް ފެންނަނީ މަދުންނެވެ. މިހެންވުމުން ޢަރަބިއަކުރު ބޭނުންކުރުމަށް ހުންނަ ތިޖެހިތާނައަށް ދެވޭ ސަމާލުކަން ކުޑައިބާއެވެ.؟ ނުވަތަ ޢަރަބިލަފްޒުތައް ދެކެ ފޫހިވަނީ ނޫންބާއެވެ؟

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު