ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 00:54
 ޝިފާ މުހައްމަދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަަވަނީ
ޝިފާ މުހައްމަދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަަވަނީ
އަޒުމޫން އަހުމަދު
އެމްޔޫއޯ
ނައިބު ލީޑަރަކަށް ޝިފާ

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނައިބު ލީޑަރަކަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަ ޝިފާ މުހައްމަދު ހަމަޖައްސައިފިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރކަން ކުރެއްވި އަދި އެމްޔޫއޯގެ ހިޔަނި ކެބިނެޓްގެ ތައުލީމާ ބެހޭ ވަޒީރަކަށް މިހާރުވެސް ހުންނެވި ޝިފާއަކީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރެކެވެ.

އެމްޔޫއޯގެ ނައިބު ލީޑަރަކަށް ޝިފާ ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީވަހީދު އިސްތިއުފާ ދެއްވުމުންނެވެ.

ނޮވެމްބަރ 28 ގައި އިސްތއިުފާ ދެއްވި އަލީ ވަހީދު ކޮށްދެއްވި އަގުހުރި މަސައްކަތާއި މެންބަރުންނަށް ދެއްވަމުން ގެންދެވި ހިތްވަރަށް ސަޕޯޓަރުންގެ ފަރާތުން ޝުކުރު އަދާކުރާކަމަށް އެމްޔޫއޯއިން ވަނީ ބުނެފައެވެ.

އެމްޔޫއޯއަކީ ރާއްޖޭގައި ޑިމޮކްރަސީ އަނބުރާ އިޔާދަ ކުރުމަށް އިދިކޮޅު ފަރާތްތައް އެކުވެގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އިއްތިހާދެކެވެ. އަދި ރާއްޖޭގެ ޤާނޫން އަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ހޯދައިދިނުމަށާއި މިނިވަން އިންސާފްވެރި ދެފުށްފެންނަ އިންތިޚާބެއް ހޯދުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް